ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިސްޓަރ އަލީވަހީދުގެ ދިފާއުގައި ޑީއާރްޕީ

ޝެއާރކޮށްލާ ކަހަލަދޯ؟

ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ އެންމެ ހަމަހަމަކަމާއި އެކު ކަންކަން ނިންމަވާ ވަޒީރު ކަމަށް ވިދާޅުވެ ޑީއާރްޕީ އިން މިނިސްޓަރ އަލީ ވަހީދު ދިފާއުކުރައްވައިފިއެވެ.

ޑީއާރްޕީ އިން މިނިސްޓަރ އަލީ ވަހީދަށް ތައުރީފް ކުރީ ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފައްދައިގެން އުޅެނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް (ޓީމް) އަޑީގައި އޮވެގެން ކަމަށް ބުނެ ޓީމްއިން އެކަމަށް ފާޑުކިޔާފައިވަނިކޮށް. އެގޮތުން ޓީމްގެ ޓްވީޓް ރީޓްވީޓް ކުރަމުން ޑީއާރްޕީ އިން ބުނީ މިނިސްޓަރ އަލީ ވަހީދަކީ މިފަހުގެ ތާރީޚެއްގައި އެންމެ ހަމަހަމަކޮށް ކަންކަން ނިންމަމުންދާ ޓޫރިޒަމް މިނިސްޓަރު ކަމާއި މެދު ޝައްކެތް ނެތް ކަމަށެވެ.

ރިސޯޓްތަކުގައި ވަޒީފާ އަދާކުރާ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފައްދައިގެން އުޅެނީ ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަންސް އޮފް މޯލްޑިވްސް (ޓީމް) އަޑީގައި އޮވެގެން ކަމަށާއި އެއީ އޭނާ މެދުވެރިވެގެން، އެ ޖަމިއްޔާ އަށް ހުރިހާ ރިސޯޓަކުން ފައިސާ ލިބޭނެ މަގުފަހިކޮށް ނުދެއްވައިގެން ކަމަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވުމުން ޓީމް އިން އެކަމަށް ރައްދު ދީފިއެވެ. ޓީމް އިން ބުނީ އެޖަމިއްޔާ އަކީ ޓްރޭޑް ޔޫނިއަނެއް ކަމަށާއި ޔޫނިއަން ހިންގަން ބޭނުންވާ ފަންޑު ހޯދަނީ މެންބަރުންގެ އަތުން ޗަންދާ ނަގައިގެން ކަމަށެވެ.

މިހާރުވެސް ޓީމް އަށް ޗަންދާ ދައްކާ އެތައް ރިސޯޓެއްގެ އެތައް މުވައްޒަފުންނެއް އެބަތިބި ކަމަށް އެޖަމިއްޔާ އިން ބުންޏެވެ. ޓީމް އާއި ލޭބާ ޕާޓީން ބޭނުން ވަނީ ކޮންމެ ރިސޯޓެއްގެ މެނޭޖްމެންޓުން އެ މީހުންނަށް ވަކި ވަރަކަށް ފައިސާ ދޭން މަޖުބޫރުވާ ގޮތަށް، މިނިސްޓަރުގެ ސިޓީއެއް ކަމަށާއި ޓީމުން ފައިސާ ނަގަން ބޭނުންވަނީ، ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް 6.50 ޑޮލަރު ނުވަތަ ދިވެހި 100 ރުފިޔާގެ މަގުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވާތީ އެކަން ދޮގުކޮށް އެޖަމިއްޔާ އިން ކުރި ޓްވީޓެއްގައި ބުނީ މިނިސްޓަރަކަށް ހުންނަވައިގެން އެވަރުގެ ބޮޑު އިތުރުފުޅެއް ޖަޒުބާތުގައި ޖެހި ހެއްދެވުމަކީ ވަރަށް ދެރަކަމެއް ކަމަށެވެ.

އަދި ޓީމް އިން އެފަދަ ކަމަކަށް އެދިފައެއް ނުވާނެ ކަމަށާއި، މިނިސްޓަރު އެކަން ސާބިތު ކުރުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ. މިހާރުވެސް ރިސޯޓް މުވައްޒަފުންގެ ފާޑުކިޔުން އަމާޒުވެފައިވާ މިނިސްޓަރ އަލީ ވަހީދު ޓީމްގެ މައްޗަށް ކުރެއްވި ތުހުމަތާއި ގުޅިގެން އަނެއްކާވެސް ސޯޝަލް މީޑިއާގައި ރިސޯޓް މުވައްޒަފުން ގެންދަނީ މިނިސްޓަރ އަލީ ވަހީދަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: