ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރޯދަމަސް ނިމުމުގެ ކުރިން ޓެކްސީ ލައިނުގެ ހިދުމަތް ފެށުމަށް މިދަނީ މަސައްކަތްކުރަމުން: އަމީން

ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޓެކްސީލައިންގެ ޚިދުމަތް ރޯދަމަސް ނިމުމުގެ ކުރިން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދަތުރުފަތުރާއި، މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ފަރާތުން މާލޭގައި ޓެކްސީގެ ޚިދުމަތް ދިނުމަށް ނިންމަވައި، ޓެކްސީލައިން ޤާއިމްކުރުމަށް ވަނީ ނިންމަވާފައެވެ.

މި މަސައްކަތް ޙަވާލުކޮށްފައިވަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޚިދުމަތް ފެށުމަށް ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން އަމީން ވިދާޅުވީ، ޓެކްސީ ޚިދުމަތް ފެށުމަށް ތައްޔާރު ކުރާ ޓެކްސީތައް ރާއްޖޭގެ މާޙައުލާއި ގުޅޭނެހެން ބަދަލުތަކެއް ގެނެސް ނިމިފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޓެކްސީތަކަށް ބަދަލު ގެނެސްފައިވަނީ ރާއްޖެއަކީ ޖަޒީރާ ރަށްތަކަށް އެކުލެވޭ ޤައުމަކަށްވެފައިވާ ޓެކްސީ އޮޕަރޭޓް ކުރަން ޖެހެނީ މޫދާއި ކައިރި ސަރަހައްދެއްގައި ކަމުން، އިލެކްޓްރޯނިކް ވަސީލަތްތަކަށް އެކަމާއި ގުޅޭ ބަދަލުތައް ގެންނަން ޖެހޭތީ ކަމަށެވެ.

އަމީން ވިދާޅުވީ މި ބަދަލުތަކާއެކު 3 މޮޑެލްއެއްގެ ޓެކްސީ ތައްޔާރުކުރެވީ ދެ ބެޗެއްގެ ތެރެއިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މީގެ ތެރެއިން އެއް ބެޗު ތައިލޭންޑުން ގެނައުމަށް ހަމަޖެހިފައިވާއިރު، އެ ޤައުމުން އެ މޮޑެލްގެ 60 ކާރު ގެނައުމަށާް ހަމަޖެހިފަވެއެވެ. އަދި ބާކީ ކާރުތައް ގެންނަނީ ޗައިނާއިން ކަމަށް ވާއިރު، މި ގައުމުން ދެ މޮޑެލްއެއްގެ ކާރު ގެންނާނެ ގަނައުމަށް ވަނީ ހަމަޖެހިފައިކަމަށް އަމީން ވިދާޅުވިއެވެ.

“ އަޅުގަނޑަށް އެމްޓީސީސީން ލިބިފައިވާ މައުލޫމާތަކީ މިމަހުގެ 11 ވަނަ ދުވަހު އެއްބެޗު މާލެ އަންނާނެ. ދެވަނަ ބެޗު އަންނަނީ ޗައިނާއިން. މިއަދު އަޅުގަނޑު މައުލޫމާތު ސާފުކޮށްލިން، ހުކުރު ދުވަހު ލިބޭނެ ދެވަނަ ބެޗުގެ އެރައިވަލް ޑޭޓެއް.

 ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

އަމީން ވަނީ، ސަރުކާރާއި އެމްޓީސީސީން ގުޅިގެން މި ޚިދުމަތް ރޯދަމަސް ނިމުމުގެ ކުރިން ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. އަދި ޚިދުމަތް ދޭން ފަށާނީ މަރުޙަލާތަކަކަށް ބަހާލައިގެން ވަކި މިންގަނޑެއްގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

ޓެކްސީލައިން ޚިދުމަތަށް 150 ކާރު ގެނައުމަށް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ފާހަގަކޮށްފައެވ.ެ އަދި މި ޚިދުމަތް ފެށުމަށް މިހާރު ތައްޔާރުވަމުން އަންނައިރު، ޚިދުމަތް ދިނުމަށް ޑްރައިވަރުން ނެގުމުގެ މަސައްކަތްވެސް އެމްޓީސީން ވަނީ ފަހުގެ ތާރީހެއްގައި ކޮށްފައެވެ.

ޓެކްސީލައިންގެ ޚިދުމަތް ދިނުމަށްޓަކައި 407 ޑްރައިވަރުން ބޭނުންވާއިރު، އޭގެ ތެރެއިން 122 ޑްރައިވަރުން ހޯދަނީ، ޕާޓްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ. އަދި ބާކީ 285 ޑްރައިވަރުން ހޯދަނީ، ފުލްޓައިމްކޮށް މަސައްކަތް ކުރާ ގޮތަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: