ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުފުރިތިބި ޢުމްރާވެރީންނަށް ފުރޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަން ރައީސް އިރުޝާދު ދެއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެކި ސަބަބުތަކާ ހުރެ ޢުމްރާގެ އަޅުކަން އަދާކުރުމަށް ނުފުރިފައި ތިބި ޢުމްރާވެރީންނަށް ފުރޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ނުފުރި ތިބި ފަރާތްތަކަށް ފުރުސަތު ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިހާރު އިރުޝާދު ދެއްވާފައިވާ ކަމަށެވެ.

މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި ވަޒީރު ޝަހީމް ވިދާޅުވީ، އެކި ކުންފުނިތަކުން ޢުމްރާއަށް ދިއުމަށް ރަޖިސްޓްރީވި ނަމަވެސް ބައެއް ޤައުމުތަކުން ޓްރާންސިޓްކޮށް ފުރަން އުޅުނު ފަރާތްތަކަށް، ފްލައިޓްތައް ކެންސަލްވުމުގެ ސަބަބުން ފުރިފައި ނުވާ ކަމަށެވެ. މި މައްސަލަ ޙައްލުކޮށް ޢުމްރާވެރީންނަށް ފުރޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ރައީސްގެ އިރުޝާދުގެ ދަށުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.

ވަޒީރު ވިދާޅުވި ގޮތުގައި، ނުފުރި ތިބި ޢުމްރާވެރީންނަށް ފުރުސަތު ހޯދައިދިނުމަށް އިސްލާމިކް މިނިސްޓްރީއާއި، މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން އަދި ޤައުމީ އެއާލައިން މޯލްޑިވިއަން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ފްލައިޓެއް ޗާޓަރު ކުރެވޭނެ ގޮތެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

”ފްލައިޓް ޗާޓަރު ކުރެވޭނެ ގޮތް ވެއްޖެނަމަ، މީގެ އިތުރުން ވެސް ޖާގައެއް ހޯދަން ބޭނުންވާ ފަރާތްތަކަށް ޖާގަ ހުރި މިންވަރަކުން އެކަންވެސް ހަމަޖެހިގެންދާނެ،“ ވަޒީރު ވިދާޅުވިއެވެ.

ނަމަވެސް ވަގުތު ކުޑަތަންވެފައިވުމުން މިކަމުގައި ބައެއް ދަތިތައް ހުރިކަން ފާހަގަކުރައްވައި، އެ ދަތިތައް ޙައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: