ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެދުއިރުމަތީގެ މަސްރަހުގެ ސުލްހައަށް ގޮވާލައި، ހާލަތާއި ގުޅޭގޮތުން މޯދީގެ ކަންބޮޑުވުން!

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ/ ފޮޓޯ: އޭއެފްޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްލަހަތު ނުތަނަވަސްވެފައި ވާތީ، އެ ސަރަހައްދުގެ ހަމަޖެހުން ގާއިމުކުރުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ގޮވާލައިފި އެވެ.

އިންޑިއާއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގެން އުޅުއްވާ ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޯދީ ވިދާޅުވީ، އިންޑިއާއިން އަބަދުވެސް އިސްކަން ދެނީ ސުލްހަވެރިކަމަށް ކަމަށެވެ. އަދި ކޮންމެ ދެބަސްވުމަކީ ވެސް މަޝްވަރާގެ އުސޫލުން ހައްލުކުރެވޭނެ ކަންކަން ކަމަށް ގަބޫލުކުރައްވާކަމަށާއި، އެ ސަރަހައްދުގައި އުޅޭ އިންޑިއާގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އިންޑިއާ ސަރުކާރުގެ އެންމެ ބޮޑު އިސްކަމެއްކަމުގައި ފާހަގަކުރެއްވިއެވެ.

ކެނެޑާގެ ބޮޑުވަޒީރުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ އިގްތިސާދީ ގުޅުން ބަދަހިކޮށް، ވިޔަފާރީގެ މުއާމަލާތްތައް 50 ބިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

މެދުއިރުމަތީގެ ހާލަތު ގޯސްވެފައި ވަނީ، މިދިޔަ ހޮނިހިރު ދުވަހު އެމެރިކާ އާއި އިސްރާއީލުން ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުން ވަނީ ސައުދީ އަރަބިއްޔާ، ބަހުރޭން، ކުވެއިތު، ގަތަރު އަދި ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތަކެއް ދީފައެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދޭން ފެށި ހަމަލާތަކުގައި އީރާނުގެ ސުޕްރީމް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވަނީ އަވަހާރަވެފަ އެވެ. މި ހާލަތާ ގުޅިގެން މޯދީ ވަނީ އިސްރާއީލުގެ ބޮޑުވަޒީރާ ބައްދަލުކުރައްވައި، އިންޑިއާގެ ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި މޯދީ ވަނީ އާންމު ރައްޔިތުންގެ ސަލާމަތަށް އިސްކަންދީ، ހަނގުރާމަ ވަގުތުން ހުއްޓާލުމަށް ބާރުއަޅުއްވާފައެވެ.

މީގެ އިތުރުން، އިންޑިއާގެ ”ކެބިނެޓް ކޮމިޓީ އޮން ސެކިއުރިޓީ“ އިން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވައި، އެ ސަރަހައްދުގައި ތިބި އިންޑިއާ ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަމާބެހޭ އިދާރާތަކަށް އަންގާފައެވެ.

މޯދީ ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ބަހުރޭންގެ ރަސްގެފާނު ހަމަދު ބިން އީސާ އަލް ޚަލީފާއާ ފޯނުން ގުޅުއްވައި، ސަރަހައްދީ މަސްލަހަތާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާފައެވެ.

މޯދީ ވިދާޅުވީ، ސައުދީ އަރަބިއްޔާގެ މިނިވަންކަމަށް އުނިކަން އަންނަ ގޮތަށް ދިން ހަމަލާތައް އިންޑިއާއިން ކުށްވެރިކުރާ ކަމަށެވެ. އަދި ބަހުރޭންގެ ރަސްގެފާނާއެކު ބޭއްވި މަޝްވަރާތަކަކީ ވަރަށް އުންމީދީ މަޝްވަރާތަކެއްގެ ގޮތުގައި ފާހަގަކޮށް، އެ ގައުމުގައި އުޅޭ އިންޑިއާ މީހުންނަށް ދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: