ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލްއަބްރާރު ގުރޫޕަށް ދީފައިވާ ޙުއްދަ ވަގުތީ ގޮތުން ކެންސަލްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އަލްއަބްރާރު ޚައްޖު އެންޑް އުމްރާ ގުރޫޕުގެ ހަވާލުގައި ރަމަޟާން މަހު އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ ބައެއްގެ ދަތުރުތައް، މަގުބޫލު ސަބަބެއް ނެތި ގަވާއިދާ ހިލާފަށް ކެންސަލްކޮށްފައިވާތީ އެ ގުރޫޕަށް ދީފައިވާ ހުއްދަ ވަގުތީ ގޮތުން ހިފަހައްޓައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، 3 މާޗު 2026 އިން ފެށިގެން 26 މާޗު 2026 ގެ ނިޔަލަށް ކުރުމަށް ހަމަޖައްސާފައިވާ އުމްރާ ދަތުރަށް ފުރުމުގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދަނިކޮށް، އެ ގުރޫޕުން ދަތުރު ކެންސަލްކޮށްފައިވާ ކަމުގެ ޝަކުވާ މިނިސްޓްރީއަށް ލިބިފައިވާ ކަމަށެވެ.

މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން، ދަތުރު ކެންސަލްކުރީ މަޖުބޫލު ސަބަބެއް ނެތި އަދި ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލާ ހިލާފަށްކަން ކަށަވަރުވެފައިވާ ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، އެ ކުންފުންޏަށް ދޫކޮށްފައިވާ ރާއްޖެއިން މީހުން އުމްރާއަށް ގެންދިއުމާ ބެހޭ ހުއްދަ މިހާރު ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައެވެ. އަދި މިކަމާ ގުޅޭ ގޮތުން އިތުރަށް ސާފުކުރަންޖެހޭ ކަންކަން ބެލުމަށްފަހު، އުސޫލުގެ ތެރެއިން އަޅަންޖެހޭ އިތުރު ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް ވުޒާރާއިން ބުނެފައިވެއެވެ.

އަލްއަބްރާރު ގުރޫޕުން އުމްރާއަށް ދިއުމަށް 150 މީހުން ހަމަޖެހިފައިވާއިރު، މީގެ ތެރެއިން 28 މީހަކަށް އުމްރާވުމުގެ ކަންކަން މިހާރު ވަނީ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހަމަޖައްސައިދީފައެވެ. ބާކީ ތިބި މީހުންނަށް އުމްރާވުމުގެ ކަންކަން ހަމަޖެއްސުމުގައި އެހީތެރިވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ކަމާ ބެހޭ އިދާރާތަކަށް އިރުޝާދު ދެއްވާފައެވެ.

މިހާތަނަށް އުމްރާގެ އަޅުކަމަށް ނުފުރިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިސްލާމިކް މިނިސްޓްރީއާއި މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން އަންނަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ. އެގޮތުން އެފަރާތްތައް ފުރުވުމަށްޓަކައި ފްލައިޓް ޗާޓަރު ކުރެވޭތޯ ބަލަމުންދާ ކަމަށްވެސް ހައްޖު ކޯޕަރޭޝަނުން މައުލޫމާތު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: