ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެއިން އަންހެނަކު ގެއްލިގެން ހޯދަނީ!

ޝެއާރކޮށްލާ ކަހަލަދޯ؟

މާލެއިން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށައިފިއެވެ.

ގެއްލިގެން ހޯދަމުންދަނީ ޅ. ނައިފަރު / ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ.

2026 މާރިޗު 4 ވަނަ ދުވަހުގެ 20:00 އެހައިކަންހާއިރު ފާޠިމަތު ނޫރާ ގެއިންބޭރަށް ދިޔަފަހުން ޚަބަރެއްނުވެ ގެއްލިފައިވާކަމަށް މާރިޗު 4 ވަނަ ދުވަހުގެ ރޭ 12:19 އެހައިކަންހާއިރު އާއިލާއިން ފުލުހުންނަށް ވަނީ ރިޕޯޓް ކޮށްފައެވެ. މި މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން، ފުލުހުންގެ ކަމާގުޅުންހުރި ހުރިހާ ބަހާތަކަށް އެ މައުލޫމާތު ހިއްސާކޮށް އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު، މިހާތަނަށް ކުރެވުނު މަސައްކަތުން އޭނާ ފެނިފައެއް ނުވެއެވެ.

ފާޠިމަތު ނޫރާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގަލޮޅު ޕޮލިސް ސްޓޭޝަން ނަންބަރު 9631696 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: