ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސީސީޓީވީ އާންމު ކުރުމުން ދައުވާ ކުރިޔަސް މައްސަލައެއް ނެތް، އެފަދަ އަމަލު ހިންގާނަމަ އަދިވެސް ވީޑިއޯ އާންމު ކުރާނަން: އިހުސާން

އިހުސާން އާންމު ކުރެއްވި ވީޑިއޯގެ ސްކްރީންޝޮޓްއެއް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުންނާއި އެ ބޭފުޅުންގެ އާއިލާތަކަށް އަމާޒުކޮށް ހިންގާ ޣައިރު ޒިންމާދާރު އަމަލުތަކާ ގުޅިގެން، އެކަމާއި ދެކޮޅަށް ވާހަކަ ދެއްކުމުން މައްސަލައިގައި ކޯޓަށް ގޮސް އަބުރުގެ ދައުވާ ކުރިޔަސް އެކަމަށް ފުރިހަމައަށް ޖަވާބުދާރީވާން ތައްޔާރަށް ހުންނެވިކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިއީ މިނިސްޓަރު އިހުސާންގެ އަނބިކަނބަލުންނާއި ދަރިފުޅު މަގުމަތީގައި ހިނގާފައި ދަނިކޮށް ފަހަތުން ނަގާފައިވާ ވީޑިއޯއެއް ’ހަސަން ކުރުސީ‘ ގެ ނަމުގައި ހިންގާ ކާކުކަން ނޭނގޭ އެކައުންޓުން އާންމުކުރި މައްސަލައެކެވެ.

ވީޑިއޯ އާންމުކޮށް އެ ޕޯސްޓުގައި ބުނެފައި ވަނީ، ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން އިހުސާންގެ އާއިލާއަށް ސެކިއުރިޓީ ދެމުންދާ ކަމަށާއި، މިއީ ރައްޔިތުންގެ ޓެކްސް ފައިސާ ނަހަމަގޮތުގައި ބޭނުންކުރުން ކަމަށެވެ. މި ތުހުމަތުތަކަށް އެމްޑީޕީގެ ބައެއް މެންބަރުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ވަނީ ތާއީދުކޮށްފައެވެ.

މި މައްސަލައިގައި މިނިސްޓަރު އިހުސާން ވަނީ އެމްޑީޕީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު މަގުމަތީގައި ތިއްބަވައިގެން ފޯނުން ވީޑިއޯ ކުރާ މަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް މިއަދު އާންމުކުރައްވާފައެވެ. އަދި އެ ވީޑިއޯ ނަގައި، ކާކުކަން ނޭނގޭ އެކައުންޓަށް ފޮނުފައިވަނީ އެ ދެ ބޭފުޅުންކަމަށް ތުހުމަތު ކުރެއްވި އެވެ. އެ ފޫޓޭޖުން ފެންނަ ގޮތުގައި، އިބްރާހިމް ވަހީދު މަގުމަތީގައި ހުންނަވަނިކޮށް އަކްރަމް އެތަނަށް ވަޑައިގެން، ވާހަކަ ދައްކަވަ އެވެ. އެއަށް ފަހު ދެ ބޭފުޅުން މަގުމައްޗަށް އިޝާރާތެއް ކުރުމަށް ފަހު، އަކްރަމް ފޯނު ވަހީދަށް ދިނުމުން އެ ފޯނުން ވީޑިއޯއެއް ކުރެއެވެ. ނަމަވެސް އެ ފޫޓޭޖުން ވީޑިއޯ ކުރަނީ ކޮން އެއްޗެއް ކަމެއް ސާފެއް ނުވެއެވެ.

ސީސީޓީވީ އާންމު ކުރުމަކީ އާންމު ރައްޔިތެއްގެ ހައްގަކަށް އަރައިގަތުންކަމަށް ބުނެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ އެކަމާ ގުޅޭގޮތުން ސުވާލުކޮށްފަ އެވެ.

ޖަވާބުގައި އިހުސާން ވިދާޅުވީ ވިދާޅުވީ ރާއްޖޭގެ ޕްރައިވެޓް ޓީވީ ސްޓޭޝަންއެއްގެ ހިއްސާދާރަކު ހިމެނޭ ގޮތަށް، ދައުލަތުގެ މަތީ މަގާމުތައް ފުރުއްވާފައިވާ ދެ ބޭފުޅަކު އިސްވެ ތިއްބަވައިގެން ހިންގި މި އަމަލަކީ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ. އިހުސާން ވިދާޅުވީ 10 އަހަރު ނުވާ ކުއްޖެއްގެ ވީޑިއޯ އެގޮތަށް ނެގީ ފިލާ ތިބެކަމަށާއި، އެއީ އޭނާއާއި އާއިލާ ދިރިއުޅޭ ގެ ސަރަހައްދު ކަމަށެވެ. އަދި މިއީ ރޯދަ މަހެއްގައި، އަޅުކަމުގެ މައްސަރެއްގައި ހިންގާފައިވާ ވަރަށް ޣައިރު ޒިންމާދާރު އަމަލެއްގެ ގޮތުގައި އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެ ވީޑިއޯ މައްސަލައަކަށް ވަނީ އެއީ އޭނާގެ އަނބިކަނބަލުންނާއި، ދަރިފުޅަށް ވާތީ ނޫންކަމަށާއި ކޮންމެ މީހެއްގެ ވެސް ކަރާމާތެއް އޮންނާނެތީ ކަމަށެވެ. އަދި ހާއްސަކޮށް ކުޑަކުއްޖެއްގެ ކަރަމާތަށް އުނިކަން އަންނަ އެއްވެސްކަމެއް ބޮޑެތި މީހުންގެ ފަރާތުން ފެނިގެން ނުވާނެކަމަށް އިހުސާން ވިދާޅުވި އެވެ.

ފިލާތިބެގެން ވީޑިއޯ ނަގާ، އަނެއްކާ މި ވީޑިއޯ ކޮށްފައި މިވަނީ އަޅުގަނޑު ދިރިއުޅޭ ގޭގެ ކުރިމަތީގަ.. އެ ގޭގަ ހުރި ކެމެރާގެ ދަށުގަ… އެހެންވީމަ އެ ވަރަށް ރަނގަޅަށް ތަހުގީގަކަށް ގޮއްސިކަމަށް ވެއްޖިއްޔާ ސާބިތުވާވަރު އެ ގޭގެ ދެ ކެމެރާއިން ފުޓޭޖުން އެބަ ފެނޭ… ނަގަން ތިބޭ ބޭފުޅުން ވަރަށް ސާފުކޮށް ރޯދަމަހުގެ ހަވީރު އަޅުކަމުގެ ތެރެއިން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ކުރަންޖެހޭ ކަންކަން ކުރުމުގެ ބަދަލުގައި މިތިބީ ކުރާ ޣައިރު ޒިންމާދާރު ކަންކަން… އެހެންވީމަ ދިވެހިރާއްޖޭގައި މިފަދަ ކަންކަން ވަކިން ހާއްސަކޮށް ކުޑަކުދިންނާއި އެކުދިންގެ ކަރާމާތަށް އަރައިގަންނަ ކަންކަން ކުރާ ކަމަށް ވެއްޖިއްޔާމު އެމީހުންގެ ވާހަކަ އަޅުގަނޑުމެން ދައްކާނަން.. ވަކިން ހާއްސަކޮށް އަޅުގަނޑު ދައްކާނަން.. ކުރިއަށް އޮތްތާނގައިވެސް ދައްކާނަން… އަދި އެފަރާތަކީ ރަސްމީ އެއްވެސް ފަރާތެއްގެ އާއިލާގެ ބޭފުޅެއް ނުވަތަ ރަސްމީ ހައިސިއްޔަތުން އެމީހާ ކުރާ މަސައްކަތަކާ ގުޅިގެން އެމީހާއާ ކުރާ ފުރައްސާރައެއް ކަމަށް ވެއްޖިއްޔާ ރަސްމީ އެކައުންޓުތަކުން އެކަން ކުރާނަން…

މިނިސްޓަރު އިތުރަށް ވިދާޅުވީ ވީޑިއޯގައި ސުވާލު އުފެއްދީ، އޭނާ ނުވަތަ ހޯމް މިނިސްޓަރަށް ދައުލަތުން ފޯރުކޮށްދޭ ސަލާމަތީ ހިދުމަތާ ގުޅޭގޮތުން ކަމަށްވާތީ، އެކަމަށް ރަސްމީ ހައިސިއްޔަތުން ޖަވާބުދާރީވާނެ ކަމަށެވެ. އަދި ވިދާޅުވީ މި ވަގުތު ދައުލަތުގެ އެ މަގާމުގައި ހުރި މީހާގެ ހައިސިއްޔަތުން، ރަސްމީ ”އެކްސް“ އެކައުންޓުން އެ ވާހަކަ ދައްކަން ޖެހުނު ސަބަބަކީ އެއީކަމަށެވެ.

މި މައްސަލައިގައި ޝާމިލުވާ ދެ ބޭފުޅުންނަކީ ކުރިން ދައުލަތުގެ ބޮޑެތި ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުކަމާއި، ސްޓޭޓް މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅުންކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ، އެފަދަ ބޭފުޅުން މިއަށްވުރެ ޒިންމާދާރުވާން ޖެހޭނެ ކަމަށެވެ. އަދި ގާނޫނުއަސާސީން ލިބިދޭ ހައްގުތަކުގެ ބޭނުން ހިފާއިރު، އެކެއްގެ ހައްގު ނިމޭ ހިސާބަކީ އަނެކާގެ ހައްގަށް އަރައިގަނެވޭ ހިސާބު ކަމަށާއި، އެ އިން އެނގެންވާނެކަމަށް އިހުސާން ވިދާޅުވިއެވެ.

ވީޑިއޯ ކުރީ އިބުރޭއާއި، އަކްރަމްކަމަށް ބުނެ ސީސީޓީވީ އާންމު ކުރުމުން އެއީ އާންމު ރައްޔިތުންގެ އަބުރަށް އަރައިގަތުންކަމަށް ބުނެ ދައުވާ ކުރުމުން މައްސަލައެއް ނެތްކަމަށް އިހުސާން ވިދާޅުވި އެވެ. އިހުސާން ވިދާޅުވީ އޭޏާ ހުންނެވީ ޖަވާބުދާރީ ވުމަށް ތައްޔާރަށްކަމަށާއި، އެހެން ނަމަވެސް އެ އަމަލު ހިންގި ދެބޭފުޅުން ވެސް ޖަވާބުދާރީވާނެތޯ އިހުސާން ސުވާލު ކުރެއްވި އެވެ.

މި މައްސަލަ މިހާތަނަށް ޖިނާއީ ތަހުގީގަކަށް ނުވަތަ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށަހަޅާފައި ނުވި ނަމަވެސް، އެ ގޭގެ ސީސީޓީވީ ފުޓޭޖުން ހުރިހާ މަންޒަރެއް ވަރަށް ސާފުކޮށް ފެންނަން އެބަހުރި ކަމަށާއި، ބޭނުންވެއްޖެ ހާލަތެއްގައި އެކަންވެސް ކުރައްވާނެކަމަށް އިހުސާން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް ކުޑަކުދިންނާއި އާއިލާތަކަށް ފުރައްސާރަކުރާ ނަމަ، ރަސްމީ ހައިސިއްޔަތުން އެކަންކަން ހުއްޓުވަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ވަނީ ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: