ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަނގުރާމައިގެ ސަބަބުން ސިއްޙީ ދާއިރާއަށްޙުރި ގޮންޖެހުންތައް މަދުކުރުމަށް ދަނީ މަސައްކަތް ކުރަމުން: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ޤަލްފު ސަރަޙައްދުގައި މިވަގުތު ކުރެވެމުންދާ ހަނގުރާމައާ ގުޅިގެން އެހެން ވުޒާރާތަކަށް ގޮންޖެހުންތަކާ ކުރިމަތިވާ ފަދައިން، ރާއްޖޭގެ ސިއްޙީ ދާއިރާއަށްވެސް އޭގެ ނޭދެވޭ އަސަރުތަކެއް ކޮށްފާނެ ކަމަށް ސިއްޙީ ވަޒީރު ޢަބްދުﷲ ނާޒިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ ސިއްޙީ ވުޒާރާއާއި އެ ވުޒާރާގެ ދަށުން ހިންގަމުންދާ އިދާރާތަކުގެ މަސައްކަތްތަކާ ގުޅޭ މަޢުލޫމާތު ދެއްވުމަށް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ވަޒީރު ނާޒިމް ވިދާޅުވީ މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ސިއްޙީ ދާއިރާއަށް ދިމާވެދާނެ ގޮންޖެހުންތައް މަދުކުރުމަށްޓަކައި ކުރެވެންހުރި ކަންތައްތައް ބަލައި، އެކަމުގެ މަޝްވަރާތައް ކަމާގުޅުންހުރި ފަރާތްތަކާއެކު ކުރަމުންދާ ކަމަށެވެ. ޚާއްޞަކޮށް ވޯލްޑް ހެލްތް އޯގަނައިޒޭޝަން ގެ ފަންނީ ބޭފުޅުންނާއެކު މިކަމާ ގުޅޭ މަޝްވަރާތައް ފަށައިގެން ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި މަސައްކަތްތަކުގެ ދަށުން ދިވެހިރާއްޖެއަށް ހުރި ރިސްކް އެސެސްމަންޓްތައް ހެދުމާއި، އެ ނުރައްކާތައް ކުޑަކުރުމަށް ކުރެވެންހުރި މަސައްކަތްތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެ ބޭނުމަކީ ބައިނަލްއަޤްވާމީ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ނިޒާމަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަންކަމަށް ދުރާލާ ތައްޔާރުވުމެވެ.

ވަޒީރުގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ވުޒާރާއިން އެންމެ އިސްކަމެއްދޭ އެއް ކަމަކީ ރާއްޖެއަށް އެތެރެކުރާ ކާބޯތަކެއްޗާއި ބޭހުގެ ފެންވަރު ހިފެހެއްޓުން ކަމަށެވެ. މިގޮތުން، ”ކޮލިޓީ ކޮންޕްރަމައިޒް ނުކޮށް“ އެތަކެތި ރާއްޖެއަށް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާނެ ކަމުގެ ޔަޤީންކަން ވަޒީރު ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: