ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ޕާޓިއަށް ބަދަލުވީ ޤާސިމްއަށް ޚިދުމަތްކޮށްދޭން ޖެހޭ ކަމަށް ޒަމީރު ޤަބޫލުކުރާތީ: މުބީން

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމްހޫރީ ޕާޓީއަށް ބަދަލުވެވަޑައިގަތީ، ޤާސިމް އިބްރާޙިމްއަށް ޚިދުމަތްކޮށްދޭން ޖެހޭ ކަމަށް ޒަމީރު ޤަބޫލުކުރާތީ ކަމަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

މުބީން މިފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މުބީން ވިދާޅުވީ އޭނާގެ ސިޔާސީ ހަޔާތް ފެށުމުގައި ޤާސިމް އިބްރާހިމްގެ ދައުރު ވަރަށް ބޮޑު ކަމަށާ، މެމްބަރުކަމަށް ވަޑައިގަތީވެސް ޖުމްހޫރީ ޕާޓީއިން ކަމަށެވެ. އަދި ޕީޕީއެމްއަށް ބަދަލުވީ އޭރު މެމްބަރު ކަމުގައި ހުރެގެން މަޝްރޫޢުތައް ހިންގަން ފަހިކުރުމަށާއި، އާންމުންގެ އެދުމުގެ މަތިންކަމަށް މުބީން ވިދާޅުވިއެވެ.

މުބީން އިތުރަށް ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް އަމާޒުކުރާ ފާޑުކިޔުންތަކަކީ އެއީ އެ ޕާޓީ ކުރިއަރާތީ ކިޔާ ފާޑުކިޔުންތަކެއްކަމަށެވެ. އަދި އެއީ ސިޔާސީ ފާޑުކިޔުންތަކެއްކަމުން އެއީ މައްސަލައެއްކަމަށް ޤަބޫލުނުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ.

“ އަޅުގަނޑުމެން ޖޭޕީއިން މި މަސައްކަތް ކުރަނީ ޕާޓީ ކުރިއަރުވަން. ޖަލްސާތައް ބާއްވާ، ޕާޓީ ހިންގަން. އެކަން އަޅުގަނޑުމެން ކުރާނަން. ބޮޑު ޕާޓީއެއްގެ ފަހަތުން ހިނގީމަ ވާގޮތް ފެނިއްޖެ“

މުބީންވަނީ ޖޭޕީން ކައުންސިލް އިންތިޚާބަށް ވަމުންދާ ތައްޔާރީތަކަށް އަލިއަޅުވާލައްވާފައެެވެ. އެގޮތުން އެ އިންތިޚާބަށް ޤާބިލް ކެނޑިޑޭޓުން ޖޭޕީ މެދުވެރިކޮށް ކުރިމަތިލާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: