ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުންކަރާތްތަކާއި ދެކޮޅު ހެދުމަކީ ހަރުކަށިވުމެއް ނޫން: ޝޭޙް އިލްޔާސް

ޝޭޙް އިލްޔާސް ހުސެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މުންކަރާތްތަކާއި ދެކޮޅު ހެދުމަކީ ހަރުކަށިވުމެއް ނޫން ކަމަށް މުޝްހޫރު ދީނީ ޢިލްމްވެރިޔާ އަދި އަދާލަތު ޕާޓީގެ ޢިލްމްވެރިންގެ ގޮފީގެ ރައީސް ޝޭޙް އިލްޔާސް ހުސެއިން ވިދާޅުވެއްޖެއެވެ. 

ޝޭޙް އިލްޔާސް ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ ބަޔަކާ އެކުވެރި ވަނީ ވެސް އަދި ބަޔަކާ ދެކޮޅުވެރި ވަނީ ވެސް ހައްގު ގޮތުގައި ކަމަށެވެ. 

މީގެއިތުރުން މީސްމީޑިއާގެ އެކިއެކި ވަސީލަތްތައް ބޭނުންކޮށްގެން ފޭކް އެކައުންޓުތަކުން އިސްލާމްދީނަށާއި ޢިލްމްވެރިންނަށް ނިސްބަތްކޮށް އެކިއެކި ވާހަކަ ދައްކާތީ އެކަމަށް ވެސް އިލްޔާސް ވަނީ ރަްދު ދެއްވާފައެވެ. 

ޝޭޙް އިލްޔާސް ވިދާޅުވީ އިސްލާމްދީނާއި ޢިލްމްވެރިންނާ ދެކޮޅަށް ވަގު އައިޑީ ހަދައިގެން ބަސްބުނުމަކީ ޔަގީނުން ވެސް އިސްލާމްދީނަށާއި، ގައުމަށް ވަފާތެރި އިހުލާސްތެރި މުސްލިމަކު ކުރާނެ ކަމެއް ނޫން ކަމަށެވެ. 

https://twitter.com/shkilyas/status/1212964692378832897

ޝޭޙް އިލްޔާސް މިފަދަ ގޮތަކަށް ޓުވީޓް ކުރައްވާފައިވާއިރު ދާދަފަހުން ބޭއްވި ރަސްމީއްޔާތެއްގައި ރައީސް އިބްެާހިމް މުހައްމަދު ސާލިހު ވިދާޅުވެފައި ވަނީ ޓެރަރިޒަމް ފެތުރުމަށާއި، ދީނީ ހަރުކަށިކަން ފެތުރުމުގައި އިންޓަނެޓްގެ އޮންލައިން ޕްލެޓްފޯމްތައް ބޭނުންކުރުން ހުއްޓުވަން ފިޔަވަޅު އެޅުމުގައި ރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށެވެ. 

އެމަނިކުފާނު ވިދާޅުވީ، ބައިނަލްއަޤްވާމީ މުޖުތަމަޢާއި، ޑިޖިޓަލް ޓެކްނޮލޮޖީގެ ޚާއްޞަ ކުންފުނިތަކާއި ގުޅިގެން އިންޓަނެޓްގެ ޒަރިއްޔާއިން ނަފުރަތާއި އަނިޔާވެރިކަމަށް ހިތްވަރު ދިނުން ހުއްޓުވުމަށް ރާއްޖޭގެ އެއްބާރުލުން ދެއްވާނެކަމުގައެވެ. އަދި، މިހާރުވެސް މިގޮތަށް ޢަމަލުކުރަމުންދާ ޤައުމުތަކަށް ތަޢުރީފުކުރައްވައި، ރާއްޖެއިން ވެސް އަނިޔާވެރިކަމާއި، ހައްދުފަހަނައަޅައި ދިޔުމަށް މަގުފަހިވާ ޒާތުގެ ލިޔުންތަކާއި ޝާއިޢުކުރެވޭ އެފަދަ ތަކެތި ބޭނުން ނުކުރެވޭގޮތަށް ހެދުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: