ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާއިތުވި އަހަރު 363 ބޭހެއް ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި ހިމެނިފައިވޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ފާއިތުވި އަހަރު ރާއްޖޭގެ އެޕްރޫވްޑް ޑްރަގް ލިސްޓްގައި އަލަށް 363 ބޭހެއް ހިމަނާފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ އެ އޮތޯރިޓީން ކުރަމުންދާ މަސައްކަތްތަކާއި ފާއިތުވި އަހަރުގެ ކާމިޔާބީތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ސިއްޙީ ވުޒާރާއިން ރައީސް އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި އެމްއެފްޑީއޭގެ މެޑިސިން އެންޑް ތެރެޕިއުޓިކް ގުޑް ޑިވިޝަނުން ހާމަކުރި ގޮތުގައި، ވޭތުވެދިޔަ އަހަރު ޖުމްލަ 594 ބޭހެއް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 363 ބޭހެއް ހުއްދަ ދީފައިވާއިރު، ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ މައުލޫމާތު ފުރިހަމަ ނުވުމުގެ ސަބަބުން 231 ބޭހެއް ވަނީ ރިޖެކްޓްކޮށްފައެވެ.

ބޭސް ލިބޭ މިންވަރު އިތުރުކުރުމަށް ކުރެވުނު މަސައްކަތްތައް

ރާއްޖޭގައި ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމަށްޓަކައި އެމްއެފްޑީއޭއިން ވަނީ ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މިހާތަނަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެ އިދާރާގެ ހުއްދައާއެކު 445 ބޭސްފިހާރައެއް ދަނީ ހިންގަމުންނެވެ. މީގެ ތެރޭގައި އަތޮޅުތެރޭގައި ހިންގާ 270 ފާމަސީއާއި މާލޭގައި ހިންގާ 175 ފާމަސީ ހިމެނެއެވެ.

ނަމަވެސް، އެކި މައްސަލަތަކާ ގުޅިގެން ބައެއް ފާމަސީތަކުގެ ހުއްދަ ބާތިލްކޮށްފައިވާކަން ވެސް އެ އިދާރާއިން ފާހަގަކުރިއެވެ. އެގޮތުން މާލޭގެ 33 ފާމަސީއަކާއި އަތޮޅުތެރޭގެ 36 ފާމަސީއެއްގެ ހުއްދަ ވަނީ ބާތިލްކޮށްފައެވެ.

ބޭސް އެތެރެކުރުމާއި ފާމަސިސްޓުންގެ ހިދުމަތް

ބޭސް އެތެރެކުރުމުގެ ދާއިރާއަށް ބަލާއިރު، މިހާރު ރާއްޖެއަށް ބޭސް އެތެރެކުރުމުގެ ހުއްދަ 63 ފަރާތަކަށް ދީފައިވެއެވެ. މީގެ ތެރެއިން 15 ފަރާތަކީ ފާއިތުވި އަހަރު އަލަށް ރަޖިސްޓްރީ ކުރެވުނު އިމްޕޯޓަރުންނެވެ. މީގެ އިތުރުން، މުޅި ރާއްޖޭގައި 961 ފާމަސިސްޓުންނަށް ބޭސް ދޫކުރުމުގެ ހުއްދަ ދީފައިވާއިރު، ޝަރުތު ހަމަނުވާ 51 ފަރާތެއްގެ ހުއްދަ ވަނީ ރިޖެކްޓްކޮށްފައެވެ.

އެމްއެފްޑީއޭއިން ބުނީ ރާއްޖެއަށް އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ އެ އިދާރާގެ އެންމެ ބޮޑު އިސްކަމެއް ކަމަށާއި، މި މަސައްކަތްތަކުގެ ސަބަބުން ރައްޔިތުންނަށް ފެންވަރު ރަނގަޅު ބޭސް ލިބުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: