މާލެއިން ގެއްލިގެން ހޯދަން އިއުލާން ކުރި އަންހެން މީހާ މިހާރު ގެއަށް ގޮސްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
މާލެއިން އަންހެނަކު ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ރޭ ދަންވަރު 12:19 ހާއިރު އާއިލާއިންނެވެ. ގެއްލިގެންހޯދުމަށް ފުލުހަށް ރިޕޯޓްކޮށްފައިވަނީ ޅ. ނައިފަރު ކަށިމާގެ، ފާޠިމަތު ނޫރާ (32އ) އެވެ.
ރިޕޯޓްކުރުމާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުންގެ ޚިދުމަތުން ފަށާފައިވާއިރު މިހާރު އެއަންހެންމީހާވަނީ އަމިއްލައަށް ގެއަށް ގޮސްފައެވެ.
ފުލުހުން ބުނީ މިއަދު 11:20 އެހައިކަންހާއިރު ނޫރާ ގެއަށް ގޮސްފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅުކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. މާލެއިން ދޭތެރެ ދޭތެރެއިން މީހުން ގެއްލިގެން ފުލުހަށް ރިޕޯޓް ކުރެއެވެ. އަދި މަދު އިރުކޮޅެއްގެ ތެރޭގައި އެމީހަކު އަމިއްލައަށް އަނބުރާ ގެއަށްދާކަން ފާހަގަވެއެވެ.

