ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ނިޒާމްގައި މައްސަލަތަކެއް އެބަހުރި: މުބީން

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ބާރުތައް ބެެހިފައިވާ ގޮތުގައި ނިޒާމްގައި މައްސަލައެއް ހުރިކަމަށް ޤަބޫލުކުރައްވާކަމަށް ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުބީން ވިދާޅުވީ ފެހި ޤާނޫނު އަސާސީ އެކުލަވާލި އިރުވެސް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކޮށްފައިވަނީ އެންމެ ރަނގަޅަށް ކަންކަން ކުރުމަށްކަން ޤަބޫލުކުރައްވާކަމަށެވެ.

އެހެންނަމަވެސް މިހާރު ނިޒާމް އޮތްގޮތުން ވެރިކަން ހިންގާ ބާރާއި، ޤާނޫނު ހަދާބާރާއި، ޝަރުޢީ ދާއިރާ ވަކިކޮށްފައިވާއިރު، އޭގެތެރެއިން ދެ ބާރެއްގެ ކޮންޓްރޯލް މާބޮޑަށް އެއްބަޔަކަށް ލިބި އަނެއް ބާރަށް ބާރު ފޯރުވާތަން ފެންނަ ކަމަށާ އެއީ ނިޒާމްގެ މައްސަލައެއްކަމަށް މުބީން ވިދާޅުވިއެވެ. މުބީންވަނީ މަނީލައުންޑަރ ކުރުމުގެ ކުށް ސާބިތުކޮށް ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމް ޖަލަށް ލުމަކީ އެމަނިކުފާނުގެ ސަޕޯޓަރުން ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވާފައެވެ.

“ރާއްޖޭގެ ރައްޔިތުންގެ ތެރެއިން ވަރަށް ގިނަ ބއެއްގެ ރުހުމާއި ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުލެއް އެއީ. ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކަށްވީމަ ހުންނާނެ ދެއްތޯ، ތިބޭނެ ދެއްތޯ ސަޕޯޓަރުންވެސް. އެހެންވީމަ އެ ފަރާތްތަކުގެ ކަންބޮޑުވުން އެބަ ހުރި. ދެން ފާހަގަކުރައްވައިފި، ޝަރުޢީ ދާއިރާއަށް ގެނައި ބަދަލުތަކުގެ ޥާހަކަ. އަޅުގަނޑު އަބަދުވެސް ދަންނަވާ ވާހަކައެއް އެއީ ރާއްޖޭގައި ނިޒާމްގެ މައްސަލައެއް އެބަހުއްޓޭ. އެއްދިމާލަކަށް ކަންކަން ގޮސްސިކަމަށްވާނަމަ އިދިކޮޅުގެ އެއްވެސް ބާރެއް ނެތް ގޮތަކަށް މިއޮތީ”

ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުބީން ވިދާޅުވީ ރާއްޖޭގައި ކަންކަން ރަނގަޅު ކުރެވޭނީ އާރާއި ބާރު ރަނގަޅަށް ބޭނުންކޮށްގެންކަމަށާ، އިޚުލާސްތެރި ވެރިން ތަންތަނުގައި ތިބެގެންކަމަށެވެ. މުބީން ވަނީ ސިޔާސީ މަސްރަހާއި މެދު އޭނާގެ ޚިޔާލް ހުރި ގޮތް ހާމަކުރައްވާފައެވެ.

މީގެ އިތުރުން، ވެރިކަމަށް މި ސަރުކާރު ގެނައުމުގައި ޖޭޕީވެސް ބައިވެރިވި އިރު ރައްޔިތުން ސަރުކާރާއި މެދު ކުރާ ވަަރަށް ބޮޑު އުންމީދުތަކެއް ހުރިކަން އޭނާ ފާހަގަަކުރެއްވިއެވެ. އެގޮތުން މި ފެށުނު 2020 ވަނަ އަހަރަކީ ތަރައްޤީ ކުރަން އެކަށީގެންވާ މަސައްކަތް ކުރާނެ އަހަރަކަށްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: