ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2019 ވަނަ އަހަރު 1082 ކަމެއްގައި ޤާނޫނީ ލަފަޔަށް އެދުނު – އެޖީ އޮފީސް

އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު --- ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ 2019 ވަނަ އަހަރު 1082 ކަމެއްގައި ޤާނޫނީ ގުޅޭގޮތުން އެޓާނީ ޖެނެރަލް އޮފީސް (އެޖީ)ގައި ލަފަޔަށް އެދިފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.

އޭޖީ އޮފީހުގެ 2019 ވަނަ އަހަރުގެ ތަފްސީލްތަށް ހިމަނާ ނެރުނު ތަފާސް ހިސާބުތަށް ދައްކާގޮތުން އެ އޮފީހަށް ހުށަހެޅިފައިވާ 1082 ޤާނޫނީ ލަފާގެ ތެރެއިން 1003 ކަމަކަށް ލަފާ އަރުވާފައިވާ ކަމަށް ދައްކައެވެ.

އޭގެ ތެރެއިން ދައުލަތުން އެންމެ ގިނައިން ލަފާ އެދިފައިވަނީ އެއްބަސްވުންތަކާއި ގުޅޭގޮތުންނެވެ. އެގޮތުން އެއްބަސްވުންތަކާއި ގުލޭ ގޮތުން 354 ފަހަރެއްގެ މަތިން ލަފައަރުވާފައިވެއެވެ.

ދެން އެންމެ ގިނައިން ލަފާ އަރުވާފައިވަނީ ގަވައިދުތަކާއި ގުޅޭގޮތުންނެވެ. ގަވައިދުތަކާއި ގުޅޭގޮތުން 103 ފަހަރެއެްގެ މަތިން ލަފާ އަރުވާފައިވާ ކަމަށް ދައްކައެވެ.

https://twitter.com/AGOmv/status/1213021685051359235

މީގެ އިތުރުން އުސޫލުތަކާއި ބެހޭ ގޮތުން 52 ފަހަރު ލަފާއަރުވާފައިވާއިރު ބިލު ތަސްދީގު ކުރުމާއި ގުޅޭ ގޮތުން 27 ފަހަރެއްގެ މަތިން ވަނީ ލަފާ އަރުވާފައެވެ. އަދި މުއާހަދާތަކާއި ބެހޭ ގޮތުން 15 ފަހަރެއްގެ މަތިން ލަފާ ދީފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

މީގެ އިތުރުން އެ ތަފާސްހިސާބުގައި އެހެނިހެން ކަންކަމާއި ގުޅޭ ގޮތުން ލަފާ އެރުވުން ހިމަނާ 452 ފަހަރެއްގެ މަތިން ލަފާ އަރުވާފައިވާ ކަމަށް ވަނީ ހިމަނާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: