ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދުޅަހެޔޮކަން ބިނާވަނީ އެެހެންމީހުންނާއި ގުޅުން ބާއްވާ ގޮތަށް: ހުތުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

ބައެއްގެ ތެރޭގައި އޮންނަ ދުޅަހެޔޮކަން ބިނާވަނީ އެ މީހުން އެއްބަޔަކު އަނެއްބަޔަކާއި ބަހައްޓާ ގުޅުންތަކުގެ މައްޗަށް ކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

އިންސާނާގެ ހަޔާތުގަައި އެކު ކަންކަމާއި ކުރިމަތިލާން ޖެހޭ އިރު ބައެއްފަހަރު އެކަންކަމާއި ކުރިމަތިލާންޖެހެނީ އިންސާގެ ޢަމަލުތައް ހުންނަ ގޮތުންކަމަށް ހުކުރު ހުތުބާގައި ވަނީ ބުނެފައެވެ. އެހެންފަހަރު އެކަން ދިމާވަނީ އިންސާނާ ކުރި އަމަލަކާއި ނުލާކަމަށް ވަނީ ބުނެފައެވެ.

އެހެންކަމުން އިންސާނާގެ އަމަލްތަކުގެ ސަބަބުން ދިމާވެދާނެ ކަމަކާއި މެދު މަސްޢޫލުވެ ސަމާލުވާން ޖެހޭ ކަމަށް ހުކުރު ހުތުބާގައިވަނީ ބުނެފައެވެ.

ބައެއް ފަހަރު އިންސާނާގެ އަމަލްތަކަކީ ހެޔޮ އަމަލުތައް ކަމަށާ، އަނެއްބައިފަހަރު އޭނާގެ އަމަލްތަކަކީ ހެޔޮ އަމަލްތައް ނޫންކަން ފާހަގަކޮށްފައިވެއެވެ. ހުތުބާގައި ވަނީ ކީރިތި ޤުރުއާނުގެ އަލީގައި އިންސާނާގެ ޢަމަލްތައް ބަހައްޓަންވީ ގޮތަށް އަލިއަޅުވާލާފައެވެ. 

” އިސްވެދިޔަ އާޔަތަށް ވިސްނާއިރު، އިންސާނާގެ އަމަލްތަކުގެ ސަބަބުން އޭނާ ދިރިއުޅޭ ވެށި ފަސާދަވެ އުނދަނގޫތަކާއި ކުރިމަތިލާން ޖެހޭކަން ވަރަށް ރަނގަޅަށް އެނގެއެވެ. ހަމަ އެ އާޔަތށް ވިސްނާ ފިކުރު ހިންގާއިރު އިންސާނާ އޭނާ ފަސާދަކޯށްފައިވާ ވެށި ސާފުކޮށް ތާހިރު ކުރުމަކީވެސް ހަމަ އޭނާގެ އަތްމަތީގައި އޮތްކަމެއްކަން ދޭހަވެއެވެ. އިންސާނުންނާއި ދިމާާވާ މިފަދަ ކަންކަމުން ސަލާމަތްވެ ރައްކާތެރިކުރުމަށްޓަކާ މަސައްކަތް ކުރަން ޖެހިފައިވާ މީހުންނަކީ ހަމަ އެ މީހުންނެވެ.”

ހުތުބާގައި އިތުރަށް ބުނެފައިވަނީ އިންސާނުންގެ މެދުގައި ބަލިމަޑށުކަމާއި ތަދުމަޑުކަން އުފެދެނީވެސް އެހެންމީހުންނާއި އިންސާނުން ގުޅުން ބަހައްޓާ ގޮތުގެ މައްޗަށް ކަމަށެވެ. އެމީހުންގެ ގުޅުންތައް ހެއްދެވި ފަރާތުގެ އަމުރުފުޅުތަކާއި އެއްގޮތަށް ބަހައްޓާނަމަ، އެ މީހުންގެ ބޭރުފުށާއި އެތެރެފުށުގައި ސާފުތާހިރުކަން ފެތުރިގެންދާނެ ކަމަށް ހުކުރު ހުތުބާގައި ބުނެފައިވެއެވެ.

” ބައެއްފަހަރު ހައިހޫނު ކަމާއި ކުރިމަތިލާންޖެހެއެވެ. އަނެއްބައި ފަހަރު ހައިހޫނުކަމާއި ކުރިމަތިލާން ޖެހެއެވެ. އަނެއްބައި ފަހަރު މުޖުތަމައުގައި އޮންނަ އަމާންކަން ގެއްލި ބިރުވެރިކަމާއި ނުތަނަވަސްކަން އެފަދަ ކަންކަމާއި ކުރިމަތިލާން ޖެހެއެވެ. މިހެން ކަންކަން ދިމާވާނެކަން ވަނީ މާތް ﷲ އެކަނލާނގެ ފޮތުގައި ސާފުކޮށް ބަޔާންކޮށްދެއްވާފައެވެ.”

މާތް ﷲ މިންވަރު ކުރެއްވި އެންމެ ބޮޑު ނިޢުމަަތަކީ އެކަލާނގެ އަޅުތަކުންނަށް ހިދާޔަތް ދެއްކެވުމަށް އެ ކަނާނގެ ބާވައިލެއްވި ފޮތްކަން ހުތުބާގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން އެ ފޮތުގައި ހަރާމް ކުރައްވާފައިވާ ކޮންމެ ކަމަކީ، އިންސާނުންނަށް ގެއްލުމާއި، ހަލާކު ހުރިކަންކަމެވެ. މީހުން މެރުމާއި، ޒިނޭ ކުރުމާއި، ވައްކަން ކުރުމާއި، ފޭރުމާއި، ދެ ޖިންސު މަސްހުނިވެގެން ހިންގާ ފާހިޝްއަމަލްތަކާއި، މަސްތުވާތަކެތި ބޭނުން ކުރުން ފަދަ ނުބައި އަމަލްތައް ޙަރާމްކުރައްވާފައިވަނީ އޭގެ ސަބަބުން އިންސާނިއްޔަތަށް ގެއްލުމާއި ހަލާކު މެދުވެރިވާތީކަމަށް ވެސް ހުތުބާގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: