ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

6 ކިލޯގެ ޑްރަގާ އެކު އިންޑިއާގެ ދެ ޒުވާނަކު އެއާޕޯޓުން ހައްޔަރުކޮށްފި

ފުލުހުންގެ ބެލުމުގެ ދަށުގައިހުރި މަސްތުވާތަކެތި/ ފޮޓޯ: ފުލުހުން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި އިންޑިއާގެ ދެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރުގެ ކަތިރިވިލް މަނިމަރަން އާއި 19 އަހަރުގެ ދަނޫޝްކާނދަން ގޯޕާލް ނަމަކަށް ކިޔާ ދެ މީހުންނެވެ.

މި ދެ މީހުންގެ ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ މީހުން ބަންދުގައި ބޭތިއްބުމަށް ހަ ދުވަހުގެ މުއްދަތެއް ދީފައެވެ. ކޯޓު މަރުހަލާގައި އެ ދެ މީހުންވެސް ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަން ބޭނުންވާކަން ފާހަގަކޮށްފައެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި، މި ދެ މީހުން ރާއްޖެ އައި ވަގުތު އެ މީހުންގެ އަމަލުތައް ހުރިގޮތުން ޝައްކު ކުރެވިގެން ކަސްޓަމްސް އިން އެ މީހުންގެ ފޮށިތައް ބަލައި ފާސްކުރިއިރު، މަސްތުވާތަކެތި އަޅާފައި ހުރި ފުޅިތަކެއް ވަނީ ފެނިފައެވެ.

އެ ފުޅިތަކުގައި ހުރި ތަކެތި ތަހުލީލު ކުރި އިރު، އެއީ ހަޝިޝް އޮއިލް ކަމަށް ދައްކާފައިވާ ކަމަށާއި، އެ ތަކެތީގެ ވަގުތީ ބަރުދަނުގައި ޖުމްލަ 6.7 ކިލޯ ހުރި ކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: