ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް ގޮނޑިތައް އަންހެނުންނަށް ޚާއްސަކުރުމުގެ ބަހުސް ކުރަންވީ ވަގުތު ފާއިތުވެއްޖެ: ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

އަންހެނުންނަށް ކައުންސިލް އިންތިޚާބުގެ 33% ޚާއްސަކުރަން ޖެހޭތޯ ސުވާލުކޮށް، ބަހުސްކުރަން ޖެހޭ މަރުހަލާ މިހާރު ނިމިފައިވާ ކަމަށާ، މިހާރު މިއީ އިންތިޚާބާއިގެން ކުރިއަށްދާންވީ ވަގުތުކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރިފް އެފަދައިން ވިދާޅުވީ ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. އިޚުލާސްތެރިކަމާއި އެކު އަންހެނުން ބާރުވެރިކުރުވަން ބޭނުންވާކަމަށް ވާނަމަ، ކައުންސިލް އިންތިޚާބުގައި އަންެހެނުންނަށް ގޮނޑިތަކެއް ޚާއްސަކޮށްގެން ކަންބޮޑު ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އަންހެން ކަނބަލުންނަށް 33 އިންސައްތަ ކަނޑައެޅުމުން އަންހެނުންނަށް ކަނޑައަޅާތީ ކޯޓަށް ދާން ޖެހުމުން ޖެހިލުން ނުވާ ކަމަށާ، އެކަމުގައި އީސީން އޮތީ ޖަވާބުދާރީވާން ފުރިހަމައަށް ތައްޔާރަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކޮންމެ އިންތިޚާބަކާއި ދިމާކޮށް ވެސް ހިތްހަމަ ނުޖެހޭ ފަރާތްތަކުން ކޯޓަށް ދާކަން ފާހަގަކުރައްވާ ޝަރީފް ވިދާޅުވީ އެއީ އާ ކަމެއް ނޫން ކަމަށެވެ.

” މިހާރު މި މައްސަަލަ ބޮޑަށް މި ދިމާވަނީ ސިޓީތަކުގައި. ފާހަގަކުރެވޭ ކަމަކީ މި ފަހަރު މިސާލަކަށް މީދޫ އެއީ އަންހެން ކަނބަލުންނަށް ޚާއްސަ ކުރި ފަހަރު. އެހެންވީމަ ދެން އަންނަ ފަހަރު އެ ދާއިރާ ކަނބަލުންނަށް ޚާއްސައެއް ނުވާނެ. އެހެންވީމަ އެ އަހަރު ލެވޭނެ. ސުވާލު އުފައްދަންވީ އަޅުގަނޑުމެން ބެނުންވޭހޭ އިޚުލާސްެތެރިކަމާއި އެކު އަންހެނުންނަށް މަޤާމެއް ދޭން. ބޭނުންވާނަމަ މިކަމުގައި ޝަކުވާ ކުރާނެ ޖާގައެއް ނެތް.”

ޝަރީފް ވަނީ ކައުންސިލް އިންތިޚާބާއި ގުޅިގެން ބަޖެޓް އިތުރަށް ބޭނުންވާކަން ހާމަކުރައްވާފައެެވެ. އެގޮތުން ބަޖެޓަށް އިތުރުކުރަން ޖެހޭ މިންވަރު ބެލުމަށް ފަހު އެ މަޝްވަރާތައް ފިނޭންސް މިނިސްޓްރީއާއި ކުރަމުންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މި ފަހަރު އިންތިޚާބުގައި ގިނަ އަަދަދެއްގެ އޮފިޝަލުން ހަރަކާތްތެރިވާނެކަން ޝަރީފް ފާހަގަކުރެއްވިއެވެ. އަދި އޮފިޝަލުން ނެގުމުގައި ގެންގުޅޭނީ ހުޅުވާލެފައިވާ ވިސްނުމެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: