ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެކްސިޑެންޓް ވީމަ، ފިލަން ފުރުސަތެއް ނުދޭނަން: އަލްހާން

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ މަގުމަތީގައި މީހެއްގެ ގައިގާ ޖަހާފަ ނުވަތަ ޖައްސާފަ ނުފިލޭވަރަށް ހުރިހާ މަގެއްގައި ކެމެރާ ހަރުކޮށް މޮނިޓަރިންގެ ނިޒާމް ހަރުދަނާ ކުރާނެ ކަމަށް މާލޭ ސިޓީގެ މޭޔަރކަމަށް ވާދަކުރައްވާ، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

މީހުން ގައިގައި ޖެއްސުމަށް ފަހު ފިލައިގެން ތިބުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ. މީހުންގެ މުދަލާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށް އަލްހާން ވަނީ އެ ޓްވީޓްގައި ވިދާޅުވެފައެވެ.

“މާލޭ މަގުމަތީގައި މީހެއްގެ ގައިގާ ޖަހާފަ ނުވަތަ ޖައްސާފަ ނުފިލޭވަރަށް ހުރިހާ މަގެއްގައި ކެމެރާ ހަރުކޮށްގެ ބަލާނަން! އަޅުގަނޑުގެ މޭޔަރު ކަމުގައި އެހެން ނުފިލޭނެ! މީހުންނާ މުދަލުގެ ރައްކާތެރިކަން ކަށަވަރު ކޮށްދޭނަން!”

އަލްހާން މިފަދައިން ވިދާޅުވެފައިވާއިރު، ފުރުގާން މިސްކިތަށް އެރުމަށް ޓަކައި އަމީނީ މަގުގެ ކަފިހި ހުރަހެއްގެ މަތިން މަގު ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖައްސައި އެކްސިޑެންޓް ކޮށްލުމަށް ފަހު، މިމަހުގެ ދެ ވަނަ ދުވަހު މީހަކު ވަނީ ފިލާފައެވެ.

ފުލުހުން ވިދާޅުވީ ޖެނުއަރީ މަހުގެ ދެ ވަނަ ދުވަހުގެ 7:40 ހާކަންހާއިރު ހިނގި އެކްސިޑެންޓުގައި، ސައިކަލުން ޖެހުނީ އުމުރުން 56 އަހަރުގެ ދިވެހި ފިރިހެނެއްގެ ގައިގައި ކަމަށެވެ. އަދި އޭނާގެ ބޯ ފަޅައިގެން ދިއުމުން ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިޔަ ކަމަށާ، އޭނާ އަށް ސީރިއަސް އަނިޔާއެއްވެފައި ނުވާ ކަމަށް ފުލުހުން ހާމަކުރެއްވިއެވެ.

ފުލުހުންގެ މީިޑިއާ އޮފިޝަލް ވިދާޅުވީ އެކްސިޑެންޓްކޮށްލި ސައިކަލް ދުއްވަން އިން މީހާ، ފިލާފައިވާ ކަމަށާއި އެހެން ނަމަވެސް، ސީސޓީވީ ފުޓޭޖް މެދުވެރިކޮށް، އެ ސައިކަލް ދެނެގަނެ، ޓޯކޮށްފައިވާ ކަމަށެވެ. ސައިކަލް ދުއްވި މީހާ ހޯދަން ފުލުހުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: