ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ މޭޔަރަށް، އަލްހާންގެ ހޫނު ބަހުގެ ހަމަލާތަކެއް

އަލްހާން ނުސްވެރިންނާއި ވާހަކަދައްކަވަނީ: ފޯޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީ މޭޔަރަށް، މާލޭގެ މޭޔަރުކަމަށް ވާދަކުރަން ނިންމަވާފައިވާ އެމްޑީޕީގެ ކުރީގެ ނައިބް ރައީސް އަދި ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، ހޫނު ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފިއެވެ.

އަލްހާން މާލޭގެ މޭޔަރ ސިފާ މުހައްމަދުއަށް ފާޑު ވިދާޅުވީ އެކަމަނާ މޭޔަރކަމަށް ކުރިމަތިލައްވާކަން އިޢުލާންކުރައްވާ ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

އަލްހާން ވަނީ ސިފާ ކުރެއްވީ ކޮންކަމެއްތޯ ސުވާލުކުރައްވާފައެވެ. އަދި މިހާރުވެސް މޭޔަރގެ ޤާމްގައި ހުންނެވި އިރު، އެކަމަނާގެ ބެލުމުގެ ދަށުގައި އޮތް މާލޭ ސިޓީ ކައުންސިލް ފެއިލްވެފައިވާ ކަމަށް އަލްހާން ވިދާޅުވިއެވެ. އަދި ސިފާއަށް ހައްގު މިންވަރު ހޯއްދަވައި ނުދެއްވުނުކަމަށް އަލްހާން ސިފަކުރެއްވިއެވެ.

“މިހާރުވެސް މޭޔަރަކީ ކަމަަނާއެއް ނޫންތޯ؟ ކުރެއްވި ކަމެއްގެ ވާހަކަ ވިދާޅުވެބައްލަވަ!؟ މާލޭ ސިޓީ ކައުންސިލް އޮތީ ކަމަނާގެ ބެއްލެވުމުގެ ދަށުން ބޮޑުތަނުން ފެއިލްވެ އިތުބާރު ގެއްލިފަ! ތިޔަ ދެއްވީ ހައްގުވާ މިންވަރެއް ނޫން!”

https://twitter.com/AlhanFahmy/status/1213050923326377985

މާލޭގެ މިހާރުގެ މޭޔަރު ސިފާ މުހައްމަދު އަކީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެޑިއުކޭޝަން މިނިސްޓަރުކަން ކުރައްވާފަވާ ކަަނބަލެކެވެ.. އޭގެ އިތުރުން، އޭނާއަކީ ގިނަ ދުވަސްތަކެއް ވަންދެން ތައުލީމީ ދާއިރާއާއި ޕްރިންސިޕަލްކަން ވެސް އަދާކުރައްވާފައެވެ.

ކައުންސިލް މެންބަރުންގެ މެދުގައި މި ދައުރުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވެ ބައެއް މެމްބަރުންވެސް ސިފާއަށް ފާޑުކިޔަމުން އަންނައިރު ސިފާ އަކީ ރަސްމީކޮށް މޭޔަރުކަމަށް ވާދަކުރައްވާކަން އިއުލާނު ކުރައްވާފައި ނުވެއެވެ.

މާލީ ބާރުވެރިކަމާއި، އަދި އެކަށީގެންވާ މުވައްޒަފުން ނެތުމުގެ ސަބަބުން ސިޓީ ކައުންސިލްގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ނުކުރެވޭކަމަށް ސިފާ ވިދާޅުވެއެވެ. އަދި އެކަމުގައި އޭނާގެ އެންމެ ބޮޑު ފާޑުކިޔުން އަމާޒުވަނީ މުއިއްޒުއަށެވެ. އެއީ، މިދިޔަ ސަރުކާރުގައި ކައުންސިލްގެ ބާރުތައް ނަގާފައި ވުމުންނެވެ. އަދި މުއިއްޒު ވެސް ވަރަށް ބޮޑަށް ސިޓީ ކައުންސިލްއަށް ފާޑުވިދާޅުވެފައިވާތީއެވެ.

ރަސްމީކޮށް، މާލޭގެ މޭޔަރުކަމަށް ވާދަކުރާނެކަން ސިފާ ހާމަނުކުރިނަމަވެސް، މީގެ ކުރިން އޭނާ ނުރަސްމީ ސިފައެއްގައި އެފަދަ ވާހަކައެއް ދައްކަވާފައި ވެއެވެ. އެގޮތުން، ސިފާ ވަނީ މާލޭގެ ތަރައްގީއަށް ގިނަ މަސައްކަތް ކުރަންޖެހޭ ކަމަށާއި، އެ މަސައްކަތް ކުރެވޭނީ އިތުރު ދައުރެއް ދީގެން ކަމަށް ވިދާޅުވެފައެވެ.

ލާމަރުކަޒީ ގާނޫނަށް ގެނެސްފައިވާ އިސްލާހާ އެކު ކުރިއަށް އޮތް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލަށް 19 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހޭނެ އެވެ. މި އިންތިޚާބުގައި ސިޓީތަކުގެ މޭޔަރުން އިންތިހާބުކުރާނީ ރައްޔިތުންގެ ވޯޓަކުންނެވެ. ގާނޫނުގައި މިހާރު އޮންނަ ގޮތުން ކައުންސިލުތަކުގެ ރައީސުންނާއި މޭޔަރުން ހޮވަނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: