ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއަށް ސީޓީއެއްގެ ދަރަޖަ ލިބުނުނަމަވެސް ކުރިއަރައިގެން ނުދޭ؛ އެކަން ބަދަލު ކުރާނީ މި ސަރުކާރުން: އިބްރާހިމްދީދީ

ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫއަކީ މާލެ ފިޔަވައި ރާއްޖޭގައި އެންމެ ފުރަތަމަ ސިޓީއެއްގެ ދަރަޖަ ލިބުނު ސަރަހައްދު ކަމަށްވީ ނަމަވެސް، އޭގެ ފަހުން ސިޓީގެ ދަރަޖަ ލިބުނު އެހެން ތަންތަން މާ ބޮޑަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށް ފޭދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ދީދީ ވިދާޅުވެއްޖެއެވެ.

މެމްބަރު ވިދާޅުވީ އައްޑޫގެ މި ހާލަތު ބަދަލުކޮށް، ތަރައްގީ ގެނެސްދޭނީ މިހާރުގެ ސަރުކާރުން ކަމަށެވެ.

ޕީއެންސީގެ އައްޑޫ ސިޓީ މާލެ އޭރިއާ ޖަގަހަ ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އިބްރާހިމް ދީދީ ވިދާޅުވީ، ސިޔާސީ ޕާޓީތަކުން އައްޑޫގައި މަސައްކަތް ކުރާތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ. ނަމަވެސް، އެންމެ ފުރަތަމަ ސިޓީއެއްގެ ދަރަޖަ ލިބުނު އައްޑޫއަށްވުރެ ފަހުން ސިޓީގެ ދަރަޖަ ލިބުނު ރަށްތައް މިއަދު އޮތީ މާ ކުރީގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މިކަން މިގޮތަށް ދިމާވީ އައްޑޫ ސިޓީ ކައުންސިލުން ކަންކަން ކޮށްފައިވާ ގޮތުން ކަމަށް މެމްބަރު ތުހުމަތު ކުރެއްވިއެވެ.

އޭނާ ވިދާޅުވީ ކައުންސިލުން ކަންކަން ކުރަނީ އެކަށީގެންވާ ގޮތަކަށް ނޫން ކަމަށާއި، އެ ވާހަކަ މިއަދު މޭޔަރު އަލީ ނިޒާރު ދައްކަވަން ލަދުގަންނަން ޖެހޭނެ ކަމަށެވެ. މޭޔަރު ކައުންސިލްގައި ހުންނަވައިގެން އައްޑޫއަށް އެއްވެސް ފައިދާއެއް ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް ދީދީ އިތުރަށް ވިދާޅުވީ، ވޭތުވެދިޔަ 15 އަހަރު އެމްޑީޕީގެ މެޖޯރިޓީ އޮވެގެންވެސް އައްޑޫއަށް ގެނެސްދިން ތަރައްގީއެއް ނެތް ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ކަންކަން ކުރަން އުޅުމުން ކައުންސިލުން ސަރުކާރަށް އުނދަގޫ ކުރަމުންދާ ކަމަށާއި، އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ފުރުސަތު މޭޔަރަށް ނޯންނާނެ ކަމަށްވެސް މެމްބަރު ވިދާޅުވިއެވެ.

މެމްބަރު ވިދާޅުވީ އައްޑޫއަށް ހަގީގީ ބަދަލެއް ގެންނަވާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ. ރައީސްގެ ކިބައިގައި އެ ހުނަރާއި ގާބިލްކަން ހުންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށް އިބްރާހިމް ދީދީ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: