ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާންމުންގެ ތަރުހީބު ލިބިފައިވާ، ދިރާގުގެ މަގުބޫލު ގުޑިފެސްޓް މާދަމާ ހުޅުމާލެގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ދިރާގުގެ މަގުބޫލު ”ގުޑިފެސްޓް“ މާދަމާ، 6 މާރިޗު ވާ ހުކުރު ދުވަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

މި ހަރަކާތަކީ ރަމަޟާން މަހާ ގުޅުވައިގެން ދިރާގުން ކުރިއަށްގެންދާ ސަގާފީ އަދި މުނިފޫހިފިލުވުމުގެ ހަރަކާތެކެވެ.

މި ހަރަކާތް ކުރިއަށްދާނީ މާދަމާ ހަވީރު 5:00 އިން 6:00 އަށް، ހުޅުމާލެ ފޭސް 2 އަށް ވަންނަ ސަރަހައްދުގައި އޮންނަ ދިރާގު ބީޗުގައެވެ. މި ހަރަކާތުގައި ބައިވެރިވާ ހުރިހާ އުމުރުފުރާއެއްގެ ކުދިންނަށް ދިރާގުގެ ފަރާތުން ހިލޭ ގުޑި ބަހާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މި އަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ގުޑިފެސްޓް މިދިޔަ ހުކުރު ދުވަހު މާލޭ އުސްފަސްގަނޑުގައި ވަނީ ބާއްވައިފައެވެ. އެ ދުވަހުގެ ހަރަކާތަކީ ވެސް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާންމުން ބައިވެރިވި، ވަރަށް ހޫނު ތަރުހީބެއް ލިބިގެންދިޔަ ހަރަކާތެކެވެ.

ދިރާގު ގުޑިފެސްޓްއަކީ ރަމަޟާން މަހު ދިވެހީންގެ މެދުގައި އޮންނަ ޒަމާންވީ ސަގާފީ އާދަކާދައެއް ކަމުގައިވާ ގުޑި އެރުވުމަށް ކުޑަކުދިން އަހުލުވެރި ކުރުވުމުގެ މަގުސަދުގައި 2023 ވަނަ އަހަރު އެ ކުންފުނިން ފެށި ހަރަކާތެކެވެ. ވޭތުވެދިޔަ އަހަރުތަކެކޭ އެއްފަދައިން، މި އަހަރު ވެސް މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ހަރަކާތް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.

ދިރާގުން އަންނަނީ ރަމަޟާން މަހާ ގުޅުވައިގެން އާންމުންނަށް ތަފާތު ހަރަކާތްތަކާއި އަގުހުރި އޮފާތައް ގެނެސްދީ، ދިވެހި ސަގާފަތާއި ކުރީގެ އާދަކާދަތައް ދިރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: