ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Image: Maldives Police Service
ޝެއާރކޮށްލާ ކަހަލަދޯ؟

ދާޚިލީ ސަލާމަތާއި ފަންނިޔަތާއި ބެހޭ ވުޒާރާއިން މިހާރު ހުސް ވެފައިވާ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ކުރިމަތު ލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުން ފެށިގެން މަތީގެ ރޭންކްތަކުގައި މި ވަގުތު ތިއްބެވި އޮފިސަރުންގެ ތެރެއިން ޕޮލިސް ކޮމިޝަނަރުކަމަށް ޝައުގުވެރިވާ ބޭފުޅުން އެ ކަމަށް އެދި ހުށަހަޅަން ހުޅުވާލާފައިވާ ވާކަން އެ ވުޒާރާއިން ކުރި އިއުލާނުގައި ބުނެފައެވެ.

މީގެ އިތުރުން އެ ވުޒާރާއިން ހާމަކޮއްފައިވާ ގޮތުން މި މަގާމަށް ކުރިމަތުލުމުގެ ސުންގަޑި އަކީ މި މަހުގެ 23 ވަނަ ދުވަހެވެ.

ކޮމިޝަނަރ އޮފް ޕޮލިސްއަށް ބޭފުޅަކު ހަމަޖެހިގެންދާނީ ވަކި މަރުހަލާތަކެއް ކަޑައްތު ކޮއްފައެވެ. އެ ގޮތުން ސީޕީގެ މަގާމަށް ބޭފުޅަކު އައްޔަން ކުރާނީ ޕޮލިސް ބޯޑުން އިންޓަވިއުކޮށް، އެ މަގާމަށް ގާބިލުތޯ ވަޒަންކުރެއެވެ.

އެއްފަހު އެ ވުޒާރާއަށް ނަންތައް ހުށަހެޅުމުން ސީޕީގެ މަގާމަށް ވަޒީރުގެ ލަފާގެ މަތިން ބޭފުޅުން އައްޔަން ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ.

ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު މީގެ ކުރިން ފުރިހަމަ ކުރެއްވީ އިސްމާއީލް ނަވީނެވެ.  އޭނާ ވަނީ ފުލުހުންގެ ހިދުމަތުން 32 އަހަރަށް ފަހު ރިޓަޔާ ކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: