ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއަރސް ހައްޔަރުކޮއްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މަޝްހޫރު ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއަރސް، މަސްތުގެ ހާލަތުގައި ހުރެ ކާރު ދުއްވި ކަމުގެ ތުހުމަތުގައި ކެލިފޯނިއާގެ ވެންޗޫރާ ކައުންޓީން ހައްޔަރުކޮށްފިއެވެ.

މި ހާދިސާ ހިނގާފައިވަނީ 2026 މާރިޗު 5 ވީ ބުދަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ.

ރިޕޯޓްތައް ބުނާގޮތުން، އުމުރުން 44 އަހަރުގެ ބްރިޓްނީ ދުއްވަމުންދިޔަ ކާރު ކޮންޓްރޯލުން ނެއްޓި، ނުރައްކާތެރި ގޮތަކަށް ދުއްވަމުންދާ ކަމުގެ މައުލޫމާތު ލިބިގެން ފުލުހުން އޭނާ ހުއްޓުވީ އެރޭ ގާތްގަނޑަކަށް 9:30 ހާއިރުއެވެ. ބްރިޓްނީ ހައްޔަރުކޮށް ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ވަނީ ބުކިންގް ހަދާފައެވެ. ނަމަވެސް، ފަހުން އޭނާ ވަނީ ކޯޓަށް ހާޒިރުވާނެ ކަމުގެ ލިޔުމެއްގައި ސޮއިކުރުވުމަށްފަހު (cite-and-release procedure) ދޫކޮށްލާފައެވެ.

ތަހުގީގާ ގުޅޭގޮތުން ފުލުހުން ހާމަކުރި ގޮތުގައި، ބްރިޓްނީގެ ކާރުގެ ތެރެއިން ފެނުނު ބައެއް ތަކެތި މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި އޭނާ މަސްތުގެ ހާލަތުގައި ހުރި މިންވަރު ދެނެގަތުމަށްޓަކައި ލޭގެ ޓެސްޓުތަކެއް ހެދުމަށް ސާމްޕަލް ނަގާފައިވާ ކަމަށްވެސް ފުލުހުންވަނީ ބުނެފައެވެ. މި މައްސަލައިގެ އަޑުއެހުމެއް 2026 މެއި 4 ވަނަ ދުވަހަށް ވަނީ ތާވަލުކުރެވިފައެވެ.

މި ހާދިސާއާ ގުޅިގެން ބްރިޓްނީގެ ތަރުޖަމާނު ބުނީ މިއީ ހިތާމަވެރި އަދި އެއްވެސް ބަހަނާއެއް ދެއްކޭނެކަހަލަ އަމަލެއް ނޫން ކަމަށެވެ. އަދި މި މައްސަލައިގައި ކަމާބެހޭ ފަރާތްތަކަށް ބްރިޓްނީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަންވެސް އޭނާ ދިނެވެ. މި ހާދިސާއަށްފަހު ބްރިޓްނީ ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓް ޑިލީޓްކޮށްލާފައެވެ. އަދި މި ދަނޑިވަޅުގައި އޭނާގެ އާއިލާއާއި ގާތް މީހުންގެ އެހީތެރިކަން ލިބެމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ބްރިޓްނީ ސްޕިއަރސްއަށް މިފަދަ ގާނޫނީ މައްސަލައަކާ ކުރިމަތިލާން މިޖެހުނީ، އޭނާގެ މައްޗަށް 13 އަހަރު ވަންދެން ހިންގި ކޮންޒަވޭޓާޝިޕް ނިމުމަކަށް އައި ފަހުންވެސް، އޭނާގެ އަމިއްލަ ދިރިއުޅުމުގައި އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ ދަނޑިވަޅެއްގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: