ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގައި އިމާރސިވް އިންޓެރެކްޓިވް މިއުޒިއަމްއެއް ޤާއިމްކުރަނީ!

ދިވެހިބަހާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ސަލްޓަންޕާކުގައި ހުރި އުސްގެކޮޅާއި ގުޅިގެން އިމާރސިވް އިންޓެރެކްޓިވް މިއުޒިއަމްއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރެވެމުންދާކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވަނީ، އެ ވުޒާރާއިން މިއަހަރަށް ރާވާފައިވާ ބައެއް މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

މިގޮތުން މާލޭގައި ޤާއިމްކުރުމަށް ނިންމާފައިވާ އިންޓެރެކްޓިވް މިއުޒިއަމް އާއި ބެހޭ ގޮތުން ވަޒީރު ވިދާޅުވީ، މި މަޝްރޫޢުގެ މަސައްކަތް މިއަހަރުތެރޭ އެއްކޮށް ނިންމާލެވޭނެކަމަށް އުއްމީދު ކުރައްވާކަމަށެވެ.

މިހާރު ވަރަށް ބާރު ސްޕީޑުގައި އެމަސައްކަތް ކުރެވެމުންދާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ކުރިއަށްއޮތް ދެ ހަފްތާތެރޭގައި މަސައްކަތުގެ ދުވެލި އިތުރު ދުވެއްޔަކަށް ބަދަލު ކުރައަށްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމަކީ، ރާއްޖޭގެ ތާރިޚުގައިވެސް ބިނާކުރެވޭ ފުރަތަމަ ދާރުލްއާސާރުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި މި މިއުޒިއަމްގެ ތެރެއިން، ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދިވެހިން މި ކަނޑުގައި 4000އެއްހާ އަހަރު ހޭދަކުރި ގޮތް އެނގިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މާލޭގައި ތަރައްޤީކުރާ އިންޓަރެކްޓިވް މިއުޒިއަމަކީ، އުސްގެކޮޅާއި، ކަޅުވަކަރު މިސްކިތް ހުރި ސަރަޙައްދު ހިމެނޭހެން އީޖާދީ ވިސްނުންތަކާ ވަސީލަތްތަކުގެ އެހީގައި ދިވެހި ތާރީޚާއި ތަރިކަ ތަޖުރިބާކުރެވޭނެހެން ތަރައްޤީކުރާ މިއުޒިއަމެކެވެ.

ދިވެހީންގެ ތަރިކަ ހިމާޔަތް ކުރުމަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ޚާއްސަ އިސްކަމެއް ދެއްވާ ކަމެއް ކަން ވަޒީރުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: