މަސްތުވާތަކެތީގެ މައްސަލައެއްގައި ތައިލެންޑް ޖަލުގައި ބަންދުކޮށްފައި ހުރި ދިވެއްސަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ތ. ގުރައިދޫ، ފަނާރު، އިބްރާހީމް ނަބީހު ނަސީމް (22އ) އެވެ.
ފުލުހުން މީޑީއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިބްރާހީމް ނަބީހު ނަސީމް ތައިލެންޑުން ހައްޔަރުކޮށްފައިވަނީ 22 ފެބުރުވަރީ 2026 ވަނަ ދުވަހު، ތައިލެންޑުގެ ޑޮން މުއެންގް އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަދި އޭނާ ހައްޔަރުކުރީ މަސްތުވާތަކެތީގެ މައްސަލައެއްގައެވެ.
މި ޙާދިޞާއާއި ގުޅިގެން ބަލަންޖެހޭ އެންމެހާއި ކަންކަން، ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް އޭނާ މަރުވި ސަބަބާ ބެހޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

