ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިއްތިހާދު އެއާވޭސްއިން ރާއްޖެއަށް ދަތުރުތައް އަލުން ފަށައިފި

Image: Google
ޝެއާރކޮށްލާ ކަހަލަދޯ؟

މެދުއިރުމަތީގެ މަސްރަހަށް އައި ބަދަލުތަކާ ގުޅިގެން މެދުކަނޑާލާފައި އޮތް އިއްތިހާދު އެއާވޭސްގެ ދަތުރުތައް، ރާއްޖެ ހިމެނޭހެން ވަކި މަންޒިލްތަކަކަށް އަލުން ފެށުމަށް އެ އެއަރލައިނުން ނިންމައިފިއެވެ.

މި ދަތުރުތައް މެދުކަނޑާލަން ޖެހުނީ ޔަހޫދީ ސުހްޔޫނީ ދައުލަތާއި އެމެރިކާ ގުޅިގެން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައެވެ.

އިއްތިހާދު އެއަރލައިންސްއިން ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މި މަންޒިލްތަކަށް ދަތުރުތައް ކުރުމަށް ނިންމާފައިވަނީ މި މަހުގެ 6 އިން 19އިގެ  ނިޔަލަށެވެ. އަދި މި ދަތުރުތައް އަލުން ފެށުމަށްޓަކައި ސަލާމަތީ ގޮތުން ބަލަންޖެހޭ ހުރިހާ ކަމެއް ކަމާބެހޭ އިދާރާތަކާ ގުޅިގެން ބަލައި، ފުރިހަމަ ކަށަވަރުކަން ހޯދާފައިވާ ކަމަށްވެސް އެ އެއަރލައިނުން ބުނެފައިވެއެވެ.

25 މަންޒިލަކަށް ދަތުރުތައް ކުރިއަށްދާނެ

އިއްތިހާދު އެއަރލައިނުން ދަތުރުކުރަން ހަމަޖެހިފައިވަނީ އަބޫ ތާބީއާއި ދުނިޔޭގެ 25 މަންޒިލަކާ ދެމެދުގައެވެ. މި 25 މަންޒިލް ހިމެނެނީ ޖުމްލަ 17 ގައުމެއްގައެވެ. އޭގެ ތެރޭގައި ދިވެހިރާއްޖެ، އިންޑިއާ، ތައިލޭންޑް، މިސްރު، އޮޅުދޫކަރަ، ޖަރުމަންވިލާތު، ވިއެޓްނާމް، ސައުދީ އަރަބިއްޔާ، މެލޭޝިއާ، އިނގިރޭސިވިލާތް، އިސްޕޭން، އިޓަލީ، ރަޝިޔާ، އެމެރިކާ، ފަރަންސޭސިވިލާތް، ދެކުނު ކޮރިއާ، ކެނެޑާ އަދި ސުވިޒަލޭންޑް ހިމެނެއެވެ.

އެއަރލައިނުން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ ހަނގުރާމައާ ގުޅިގެން ދަތުރުތައް މެދުކަނޑާލުމުގެ ސަބަބުން ދަތުރު ނުކުރެވި ތިބި ފަރާތްތަކަށް ޖާގަ ހަމަޖައްސައިދިނުމަށެވެ.

 ”15 މެއި 2026 ގެ ކުރިން، ފެބުރުވަރީ 28 ގެ ކުރިން ޓިކެޓް ނަގާފައިވާ އަދި 21 މާޗާ ހަމައަށް ދަތުރުކުރަން އޮތް ފަރާތްތަކަށް އެއްވެސް ފީއަކާ ނުލާ ދަތުރުގެ ތާރީޚު ބަދަލުކުރެވޭނެ“ ކަމަށް އެ އެއަރލައިނުން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މިވަގުތު ކޯލް ސެންޓަރުތަކަށް ބާރުބޮޑުވެފައިވާތީ، ރީފަންޑަށް އެދޭ ފަރާތްތަކުން އޮންލައިން ފޯމު ބޭނުންކުރުމަށް އިއްތިހާދު އެއަރލައިނުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: