ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މޯލްޑިވިއަންއިން ދަތުރުކުރާ ފަރާތްތަކަށް އަނަންތަޕޫރީ ހޮސްޕިޓަލުން ޙާއްސަ ޑިސްކައުންޓް!

Image: Visit Maldives
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއާއި އިންޑިއާގެ އަނަންތަޕޫރީ ހޮސްޕިޓަލް އެންޑް ރިސާޗް އިންސްޓިޓިއުޓާ ދެމެދު ޚާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގެ ދަށުން މޯލްޑިވިއަން މެދުވެރިކޮށް ދަތުރުކުރާ ފަސިންޖަރުންނަށް އެ ހޮސްޕިޓަލުން ދޭ ސިއްހީ ފަރުވާގެ އެކި ޚިދުމަތްތަކުން ޚާއްސަ ލުއިތަކަކާއި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

މޯލްޑިވިއަންއިން އިންޑިއާގެ ތުރިވަނަންތަޕޫރަމްއަށް ސީދާ ދަތުރުތައް ކުރަމުން އަންނައިރު، ގިނަ އަދަދެއްގެ ދިވެހިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދުމަށާއި ޗުއްޓީ ހޭދަކުރުމަށް އެ ސިޓީއަށް ދަތުރުކުރެއެވެ. މި އެއްބަސްވުމުގެ މައިގަނޑު މަގުސަދަކީ އެއާލައިންގެ ފަސިންޖަރުންނަށް ސިއްހީ ޚިދުމަތް ހޯދުމުގައި ލުއިފަސޭހަގޮތްތަކެއް ފަހިކޮށްދީ، އިތުރު ފައިދާތަކެއް ފޯރުކޮށްދިނުމެވެ.

ލިބިގެންދާނެ ބައެއް ޚާއްސަ އިނާޔަތްތައް:

މި އެއްބަސްވުމުގެ ދަށުން ލިބޭ ލުއިތަކުގެ ތެރޭގައި ލެބޯޓަރީ ޓެސްޓްތަކާއި ރޭޑިއޮލޮޖީގެ ޚިދުމަތްތަކުން 10 އިންސައްތައިގެ ޑިސްކައުންޓް ހިމެނެއެވެ. މީގެ އިތުރުން ހެލްތު ޗެކަޕް ޕެކޭޖްތަކުން 15 އިންސައްތައިގެ ޑިސްކައުންޓް ލިބޭނެ ކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ.

އިތުރު ޚިދުމަތްތަކަށް ބަލާއިރު، ތުރިވަނަންތަޕޫރަމް އިންޓަރނޭޝަނަލް އެއާޕޯޓުން ހޮސްޕިޓަލަށް ދިއުމަށް ހިލޭ އެމްބިއުލާންސްގެ ޚިދުމަތް ލިބިގެންދާނެއެވެ. އަދި އެޑްމިޓްކޮށްގެންދޭ ފަރުވާ (IP) އަދި އެޑްމިޓްނުކޮށްދޭ ފަރުވާ (OP) ތަކުންވެސް ޚާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ ގޮތް ވަނީ ހަމަޖެހިފައެވެ.

މޯލްޑިވިއަންއިން ބުނި ގޮތުގައި މި ހުރިހާ ޚިދުމަތްތަކަކީވެސް އެ އެއާލައިން މެދުވެރިކޮށް ތުރިވަނަންތަޕޫރަމަށް ދަތުރުކުރާ ހުރިހާ ފަސިންޖަރުންނަށް އާންމުކޮށް ހުޅުވާލެވިފައިވާ ފުރުސަތުތަކެކެވެ. މިއީ ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ދިވެހިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެއްގެ ގޮތުގައި އެ ކުންފުނިން ދެކެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: