ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޝީޝާ މަނާކޮށް، ހަކުރުން ސަބްސިޑީ ކަނޑާލުމާ ގުޅޭގޮތުން މަޝްވަރާތަކެއްދަނީ ކުރެވެމުން: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ޝީޝާ ބޭނުންކުރުން މަނާކުރުމަށާއި، ހަކުރުން ދެމުންދާ ސަބްސިޑީ ކަނޑާލުމާ ގުޅޭގޮތުން ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ މެދުގައި މަޝްވަރާތަކެއް ކުރެވެމުންދާ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިމަހުގެ ފަސްވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ނާޒިމް ވިދާޅުވީ، ޝީޝާ މަނާކޮށް ހަކުރުން ސަބްސިޑީ ކަނޑާލުމަށްފަހު ޓެކްސް ނެގުމާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. މުސްތަޤްބަލްގައި ޝީޝާ މަނާކޮށް ހަކުރަށް ދޭ ސަބްސިޑީ ކަނޑާލައި، ހަކުރުން ޓެކްސް ނެގުމަކީ ކުރެވޭނެ ކަމެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިފަދަ ކަންކަމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަން ކަމަށްވާތީ، ވަކި އުސޫލެއްގެ ތެރެއިން މިކަންކަން ކުރިއަށް ގެންދިޔުމަކީ މުހިންމު ކަމެއް ކަމަށް ނާޒިމް ވިދާޅުވިއެވެ.

 ”މިފަދަ ކަންކަމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި ވަރަށް ބޮޑަށް ގުޅި އޭގެ ތެރޭގައި ވަރަށް ބޮޑަށް ލާމެހިގެން އެއާއެކު އުޅެވިފައި ހުރި ކަމަކަށްވާތީވެ، ވަކި އުސޫލެއްގެ ތެރެއިން ކަންކަން ކުރިއަށް ގެންދިޔުމަކީ މުހިންމު“ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މިއީ ހަމައެކަނި ސިއްހީ ދާއިރާގެ ތެރެއިން ނިންމަންޖެހޭ ނިންމުމެއް ނޫން ކަމަށާއި، އެހެން އިދާރާތަކާ ގުޅިގެން މަލްޓިސެކްޓޯރިއަލް ލެވެލްއެއްގައި މަޝްވަރާކުރެވި އެއަށް ފިޔަވަޅު އެޅޭނެ ދުވަހަކަށް އިންތިޒާރު ކުރައްވާ ކަމަށެވެ. އަދި އާންމު ދިރިއުޅުމުގައި ގިނައިން ހަކުރު ބޭނުންކުރުމުގެ ނުރައްކާތެރިކަމާ ބެހޭގޮތުން ރައްޔިތުން ހޭލުންތެރިކުރުވުމަކީ މިއަހަރު ސަރުކާރުން އެންމެ އިސްކަމެއް ދޭނެ އެއް އަމާޒު ކަމަށްވެސް ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ނާޒިމް ވިދާޅުވީ، މިދިޔަ އަހަރު ރާއްޖޭގައި ވޭޕް މަނާކޮށް، ދުންފަތުން ނަގާ ޓެކްސް ބޮޑުކުރުމުގެ އިތުރުން ޖެނެރޭޝަނަލް ބޭންއެއް ގެނައުމަކީ އެޅުނު ވަރަށް މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: