ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީރާނުގެ ހަނގުރާމަ ހުއްޓާލުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އީރާނާއެކު އެއްވެސް މަޝްވަރާއެއް ކުރެއްވުމުގެ ވިސްނުމެއް ނެތްކަން ހާމަކުރައްވައި، އެ ގައުމާ ދެކޮޅަށް ފަށާފައިވާ އަސްކަރީ ހަރަކާތްތައް ހުއްޓާލުމަށް އިންކާރު ކުރައްވައިފިއެވެ.

ރައީސް ޓްރަމްޕްގެ ނަޒަރުގައި އީރާނާއެކު ކުރެވޭ ހަނގުރާމަ ނިމުމަކަށް އަންނާނީ ތެހެރާންގެ މިހާރުގެ އަސްކަރީ ބާރުތަކާއި ސިޔާސީ ވެރިން މުޅިން ނައްތާލެވުމުންނެވެ.

ހޮނިހިރު ދުވަހު ރިޔާސީ މަތިންދާބޯޓު ”އެއާފޯސް ވަން“ ގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އީރާނުގެ ވެރިންނާއި ސިފައިން މުޅިން ނައްތާލެވިއްޖެ ހާލަތެއްގައި، ވައިގެ މަގުން ދެމުންދާ ހަމަލާތަކާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ ބޭނުމެއް ނޯންނާނެ ކަމަށެވެ.

މީގެ އިތުރުން، އީރާނުގެ ލީޑަޝިޕް އެއްކޮށް ނައްތާލުމުގެ ހަރުކަށި ވިސްނުން ހާމަކުރައްވަމުން އޭނާ ވިދާޅުވީ، ވަކި ހިސާބަކުން އެމެރިކާއާ ދެކޮޅު ހަދާނެ އެއްވެސް މީހަކު އެ ގައުމުގައި ބާކީ ނުހުންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

އެމެރިކާއާއި އިސްރާއީލް ގުޅިގެން އީރާނަށް ހަމަލާދޭތާ ހަފްތާއެއް ވެފައިވާއިރު، މި ހަމަލާތަކުގައި އީރާނުގެ ގިނަ އަދަދެއްގެ އާންމުންނާއި އިސްވެރިން ވަނީ ފުރާނަ ގޮސްފައެވެ. އީރާނުގެ އަސްކަރީ ބާރު ކުޑަކުރުމުގެ ނަމުގައި ދެމުންދާ މި ހަމަލާތައް އިތުރަށް ވަރުގަދަކުރަން ބޭނުންވާކަން ޓްރަމްޕްގެ ވާހަކަފުޅުތަކުން ވަނީ ސާފުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: