ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫއަށް ނިސްބަތްވާ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ޕީއެންސީއާ ގުޅިއްޖެ

އެމްޑީޕީގައި އިސްކޮށް އުޅުނު ބޭފުޅުންތަކެއް ޕީއެންސީއަށް : ފޮޓޯ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު އެމްޑީޕީގައި ކުރިން އިސް ދައުރުތަކެއް އަދާކުރެއްވި އައްޑޫ ސިޓީގެ ބައެއް ބޭފުޅުން، ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާ ރޭ ރަސްމީކޮށް ގުޅިވަޑައިގެންފިއެވެ.

މި ބޭފުޅުން ވެރިކަން ކުރާ ޕާޓީއާ ގުޅުނީ އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި ”ދަ ގްރޭޓަރ އައްޑޫ ވިޝަން“ މަޝްރޫޢުގެ ތަފްސީލުތައް ހާމަކުރުމުގެ ޚާއްސަ ރަސްމިއްޔާތުގައެވެ.

މި ހަފްލާގެ ތެރެއިން އެ ބޭފުޅުން ވަނީ ޕާޓީއަށް ވަނުމަށް ސޮއިކުރި ފޯމުތައް، ޕީއެންސީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާ ހަވާލުކުރައްވާފައެވެ.

ޕީއެންސީއާ އަލަށް ގުޅުނު ބޭފުޅުންގެ ތެރޭގައި އައްޑޫ ސިޓީ އެމްޑީޕީގެ ކުރީގެ ރައީސް އަޙްމަދު އަދްޙަމް އާއި، އެމްޑީޕީ ފޭދޫ ދާއިރާގެ ކުރީގެ ރައީސް އަބްދުالله ސަޢީދުގެ އިތުރުން އެ ދާއިރާގެ ކުރީގެ ނާއިބު ރައީސް މުހައްމަދު ސައީދު (ދަގޭ) ހިމެނިވަޑައިގަންނަވައެވެ.

މީގެ އިތުރުން ފޭދޫ ދާއިރާގެ ކުރީގެ ކައުންސިލަރު އަދި އެލްޖީއޭގެ ކުރީގެ މެންބަރު އަހްމަދު މިރުޒާލް އާއި، ލަންކާގައި އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ފާތިމަތު ޝިޔާމާގެ އިތުރުން، އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރު ޙައްވާ ޒާހިރާ ވެސް ވަނީ ސަރުކާރު ކޯލިޝަނާ ގުޅިވަޑައިގެންފައެވެ.

މި ބޭފުޅުންނަށް ކޮންގްރެސް ޕާޓީން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. ސިޔާސީ ދާއިރާގެ މާހިރުން ދެކޭގޮތުގައި މި ބަދަލާއެކު އައްޑޫ ސިޓީގައި ސަރުކާރުގެ ސިޔާސީ ނުފޫޒާއި ބާރު ކުރިއަށްވުރެ ވަރުގަދަވެގެންދާނެއެވެ.

ރޭގެ މި ހަފްލާގައި އައްޑޫގެ ތަރައްޤީގެ ޕްލޭންތައް ހިއްސާކުރުމުގެ އިތުރުން، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބުގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ވެސް ވަނީ ރަސްމީކޮށް އިޢުލާންކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: