ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހާފިޒުންނަށް ޖެއްސުންކުރަނީ ކިތައް ޝޭހުން ޤާނޫނާއި ޚިލާފްވެގެންތޯ: ޝޭހް ޒައިދު

ޝެއާރކޮށްލާ ކަހަލަދޯ؟

ހާފިޒުންނަށް ޖެއްސުންކުރާ ކަމަށް ވިދާޅުވެ ޝޭހް އަލީ ޒައިދު ވަރަށް ބޮޑަށް ކޯފާ އިސްކުރައްވައިފިއެވެ.

ޝޭހް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި، ހާފިޒުން ނުގެންނަން ގޮވާލާ އެއީ ފައިސާ ބޭކާރު ކުރުންކަމަށް ބުނާއިރު ހާފިޒުންނަށް ޖެއްސުންކުރަނީ ރާއްޖޭގެ ޤާނޫނުތަކާއި ކިތަށް ހާފިޒުން ޚިލާފްވެގެންތޯ ސުވާލު އުފައްދާފަވެއެވެ.އަަދި  މިހާތަނަށް ކިތައް ހާފިޒުން ބަރަހަނާކޮށް ބީޗްގައި އުޅުނުތޯ ޒައިދު ސުވާލުކުރެއްވިއެވެ.

https://twitter.com/alizaid1000/status/1214073293960925184

ޒައިދު މިފަދައިން ވިދާޅުވެފައިވާއިރު، އެއީ ކޮންބޭފުޅަކަށް ނިސްބަތްކޮށް ދެއްކެވި ވާހަކައެއް ކަމެއް އޭނާ ހާމައެއް ނުކުރައްވައެވެ. އެހެންނަމަވެސް ދާދިފަހުން ބޭއްވި ވިޔަވަތި ޖަލްސާގައި ރައީސް ނަޝީދު ވަނީ މިހާރު ކައުންސިލްތަކުގެ ބަޖެޓް ހޭދަ ކުރެވެނީ އެންމެ ރަނގަޅަށް ނޫންކަމަށް ފާހަގަކުރައްވާފައެވެ. ރައީސް ނަޝީދު ވަނީ ހާފިޒުން ގެނައުމަށް ބޮޑެތި އަދަދުތަކުން ޚަރަދު ކުރާކަމަށް ވިދާޅުވެ އެކަމަށް ފާޑުވިދާޅުވެފައެވެ.

އެހެންނަމަވެސް ޝޭހް ޒައިދުގެ މި ވާހަކަތައް ރައްދު ކުރެއްވީ ކޮން ބޭފުޅަކަށް ކަމެއް ހާމައެއް ނުކުރައްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: