ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”މާފުށީ ޖަލު ބަލަހައްޓާ އޮފިސަރުން ގައިދީންނާ ދެކޮޅަށް ބާރުގެ ބޭނުންކުރި“

މާފުށީ ޖަލުގައި ގައިދީންގެ މޫނަށް ފެންޖަހާ މަންޒަރު ފެންނަ ވީޑީއޯގެ ސްކްރީން ޝޮޓެއް
ޝެއާރކޮށްލާ ކަހަލަދޯ؟

މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގާފައި ނުވާކަމަށް ބުނެ، މޯލްޑިވްސް ކަރެކްޝަނަލަް ސާވިސް އިން އާއްމު ކުރި ބަޔާނުގައި ވާ ވާހަކަތައް ދޮގުކޮށް ޖަލު އޮފިސަރުން ބާރުގެ ބޭނުންކޮށްފައިވާކަމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަންސް އަހުމަދު މުހައްމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖަލުގައި ގައިދީންނަށް އަނިޔާ ކުރާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ. އަސާސީ ހައްގުތަކުން މަހުރޫމް ކުރާ މައްސަލައިގައި ގައިދީން ދަނީ އަޑުއުފުލަމުންނެވެ. އެގޮތުން ރަނގަޅު ބޭސްފަރުވާއެއް ފޯރުކޮށްދީފައިނުވާކަމަށް ބައެއް ގައިދީން ވަނީ ބުނެފައެވެ. މައްސަލަ ބަލާ ނިމެންދެން ބަންދުކޮށްފައި ބަހައްޓާފައިވާ މީހުންގެ މައްސަލަތައް ކުރިޔަށް ނުދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ. ގައިދީންނަށް އަނިޔާ ކުރާ މައްސަލައިގައި، ކަރެކްސްޝަންސް އިން ބުނެފައިވަނީ އޮފިސަރުންނަށް އަނިޔާ ކުރަނީ ގައިދީން ކަމަށެވެ.

މާފުށީ ޖަލުގެ ރިމާންޑުގައި މިހާރުވެސް ހުކުމެއް ނެތި، ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައިވާ ދެ ހާހެއްހާ މީހުން އެބަތިއްބެވެ. މާފުށީ ޖަލުގައި އާއްމު ގޮތެއްގައި ހަމަނުޖެހުން ހިންގާ، އެ މައްސަލަ ފެންމަތިވެގެން އަންނަނީ ޔުނިޓް 4 އިންނެވެ. މި ފަހަރުވެސް، ޔުނިޓް 4 ގައި ގައިދީންނަށް އަނިޔާ ކުރި ކަމުގެ ވާހަކަތަކެއް ފެތުރި ޖަލުގެ ތެރެއިން ވީޑިއޯއެއް ވެސް އާއްމުވެގެން ދިޔައެވެ. އެ ވީޑިއޯގައި ކޮމިޝަނާރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް ހުންނަވާތަން ފެނެެއެވެ. ގައިދީން އަތުގައި ބިޑި އެޅުވުމަށްފަހު މޫނަށް ފެން ޖަހަމުންދާ މަންޒަރު އެ ވީޑިއޯއިން ފެންނައިރު ޖަލުގެ ގޮޅިތަކުން މުނާޒް އާއި، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގެ އިސްތިއުފާއަށް ގޮވަމުންދެއެވެ.

https://twitter.com/MvCrisis/status/1213752910401564672?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1213752910401564672&ref_url=https%3A%2F%2Fsangu.mv%2F2068

ޖަލު އޮފިސަރުން ކުއްލި ގޮތަކަށް، ރިމާންޑު ގޮޅީގެ ތެރެއަށް ވަދެ ގައިދީންނަށް އަނިޔާކޮށް ވަނީ ޕެޕާ ސްޕްރޭ ޖަހާފައެވެ. ކަރެކްޝަންސްއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖަލުގައި ހަމަނުޖެހުން ހިންގާފައިވަނީ ރިމާންޑުގައި ތިބި މީހުން ކަމަށެވެ. އަދި އެ މީހުންގެ ޝަކުވާއަކަށްވީ ތަހުގީގުގެ ބަންދު މުއްދަތު ދިގުލައިގެންދިއުމާއި ބޭސް ފަރުވާގެ އިންތިޒާމްތައް އެ އެދޭގޮތަށް ފުރިހަމަކޮށް ނުދިނުން ކަމަށެވެ. އަދި ގޮޅީގައި ތިބި، ބައެއް ގައިދީން އޮފިސަރުންގެ ގަޔަށް ކާއެއްޗެހި އުކާފައިވާކަމަށް ބަޔާނުގައިވެއެވެ. ޖަލުގައި އެއްވެސް ހަމަނުޖެހުމެއް ހިނގާފައި ނުވާކަމަށް ބުނެ، ނެރުނު ބަޔާނުގައި ބުނެފައިވަނީ ގައިދީންނަށް ވިސްނައި ދެވޭތޯ މަސައްކަތްކޮށްފައިވަނީ ”ކެތްތެރި“ ކަމާއި އެކު ކަމަށެވެ.

މައްސަލައިގައި ފުލުހުންނާއި، ކަރެކްޝަންސް އިން ނެރުނު ބަޔާނާއި ދިމާ ނުވެއެވެ. ފުލުހުން ބުނާ ގޮތުން ދެ އޮފިސަރުން މާފުށީ ޖަލަށް ގޮސްފައިވަނީ އެއްވެސް އޮޕަރޭޝަނެއްގައި ބައިވެރިވުމަކަށް ނޫނެވެ. އަދި ޖަލަށް ގޮސްފައިވަނީ ކަރެކްޝަންސްގެ އެދުމުގެ މަތީން ބައްދަލުވުމަކަށް ކަމަށެވެ. ދެ ފަރާތުގެ ވާހަކައިގައި ފުށުއެރުންތަކެއް ހުރުމުން ތަކުރާރުކޮށް ސުވާލު ކުރުމުންވެސް ފުލުހުންގެ ފަރާތުން އަންނަނީ އެއް ޖަވާބެެކެވެ. އެހެން ނަމަވެސް، ކަރެކްޝަންސްގެ މީޑިއާގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނޫސްވެެރިންނަށް ލިބިފައި ނުވެއެވެ.

އައިސީއެސްއަކީ ޖަލުތައް ބަލާ ފާސް ކުރުމަށް ހޯމް މިނިސްޓަރާ އެއްވަރުގެ ބާރެއް ގާނޫނުގެ ދަށުން ދީފައިވާ ވަކި މަގާމެކެވެ. މިދިޔަ ހުކުރު ދުވަހުން ފެށިގެން މީޑިއާތަކުން ޖަލުގެ ހަމަނުޖެހުން ރިޕޯޓު ކުރަމުން އައި ނަމަވެސް، އައިސީއެސްއިން މި މައްސަލައިގައި ވާހަކަ ދައްކާފައިވަނީ މިއަދުއެވެ. އެއީ، އިއްޔެގެ މައްސަލަ މާބޮޑަށް މީޑިއާތަކުން ހޫނު ކުރުމުންނެވެ.

އިންސްޕެކްޓަރ އޮފް ކަރެކްޝަންސް އަހުމަދު މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާފުށީ ޖަލު އޮފިސަރުންނާއި ރިމާންޑް ބަންދުގައި ތިބި މީހުން ދެމެދު ހިތްހަމަ ނުޖެހުންތަކެއް ހުރިކަން އެނގިގެން އެކަން މޮނިޓާ ކުރި ކަމަށެވެ. އަދި އެކަންކަން އޮޅުން ފިލުވުމަށާއި ގޮޅިތައް ބަލާ ފާސް ކުރަން ކަރެކްޝަންސްގެ ސީޕީގެ އެދުމަށް އިއްޔެ މާފުށީ ޖަލަށް ޒިޔާރަތް ކުރައްވާފައިވާ ކަމަށެވެ. އެގޮތުން، އިއްޔެގެ ސާޗް އޮޕަރޭޝަން ކުރިޔަށް ގެންދިޔުމަށް ބަންދު މީހުން ހުރަސް އެޅުމުން ބާރުގެ ބޭނުން ކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ އައިސީއެސްގެ ނަން ބޭނުން ކޮށްގެން މީޑިއާތަކަށް ދީފައި ވަނީ ދޮގު މައުލޫމާތު ކަމަށެވެ.

”ހުކުރު ދުވަހުން ފެށިގެން މާފުށީ ޖަލުގައި އޮފިސަރުންނާއި، ރިމާންޑު ބަންދުގައި ތިބި މީހުންނާއި ދެމެދު ހިތްހަމަނުޖެހުން ތަކެއް ހުރިކަން އެނގިގެން އެކަން އަޅުގަނޑު ދިޔައީ މޮނީޓާރ ކުރަމުން. އެގޮތުން ހުރި ކަންބޮޑުވުންތަކާއި ގުޅިގެން އޮފިސަރުން ގޮޅިތަށް ކައިރިިޔަށް ދިއުމުން އެކި ކަހަލަ ކާތަކެތި ޖަހާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައިި. މިކަންތައް އިތުރަށް އޮޅުންފިލުވުމަށާއި ގޮޅިތައް ބަލާ ފާސްކުރުމަށް އެމްސީއެއްގެ ސީޕީ، ގެ އެދުމުގެ މަތީން އަޅުގަނޑު އިއްޔެ މާފުށީ ޖަލަށް ޒިޔާރަތް ކުރި. އަދި ގޮޅިތައް ބަލާ ފާސް ކުރުމަށް އޮފިސަރުން ހަރަކާތްތެރިވާ މަންޒަރު އަޅުގަނޑު ވާނީ އޮބްޒާވްކޮށްފައި. އިއްޔެގެ ސާޗް އޮޕަރޭޝަން ކުރިޔަށް ގެންދިއުމަށް ބަންދު މީހުން ހުރަސް އެޅުމުން ބާރުގެ ބޭނުންކޮށްފައިވޭ. އިއްޔެ ހިނގައިދިޔަ މިކަންކަމުގެ ހަގީގަތް އޮޅޭގޮތުން އައިސީއެސްގެ ނަން ބޭނުންކޮށް މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައިވޭ. އައިސީއެސްގެ ނަން ބޭނުން ކޮށްގެން މީޑިއާއަށް މައުލޫމާތު ހިއްސާކޮށްފައި ވުމަކީ ކަންބޮޑުވުމެއް“ އަހުމަދު މުހައްމަދު

https://twitter.com/ahumadhumohamed/status/1214051009644957696

އައިސީއެސްގެ އިތުރުން ފުލުހުން ވެސް ވަނީ އެކަން ދޮގު ކޮށްފަ އެވެ. ފުލުހުން ބުނީ އެއްވެސް މައްސަލައެއް ތަހުގީގު ކުރަން މާފުށީ ޖަލަށް އިއްޔެ ގޮސްފައި ނުވާނެ ކަމަށެވެ. ފުލުހުން ދިޔައީ މުނާޒްގެ އެދިލެއްވުމަކަށް ބައްދަލުވުމަކަށް ކަމަށް ފުލުހުން ބުންޏެވެ.

މިދޔަ ޖޫން މަހުގެ ތެރޭގައިވެސް މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގައި ގައިދީން އޮފިސަރުންނަށް އަނިޔާ ކުރުމާއި، އަދި ގައިދީންނަށް ޖަލު އޮފިސަރުން އަނިޔާ ކުރި މައްސަލަ ވަރަށް ބޮޑަށް ހޫނުވެގެން ދިޔައެވެ. ޖަލަށް ވެއްދުން މަނާ އެއްޗެއް ގެނެސްދޭން އޮފިސަރަކު ދެކޮޅު ހެދުމުން ދަގަނޑުބުރިއަކުން އޭނާ އަށް ގައިދީ އަކު ހަމަލާ ދިން މައްސަލައެއް ވެސް އޭގެ ތެރޭގައި ހިމެނެއެވެ. އަދި އޭގެ ބަދަލު ހިފުމެއްގެ ގޮތުން އީއެސްޖީގެ އޮފިސަރުން ގޮޅިތަކަށް ވަދެ ގައިދީންގެ ގައިގައި ތަޅައި އަނިޔާކުރިއެވެ. އެ މައްސަލައިގައި ހަ ގައިދީއަކަށް އެކިވަރުގެ އަނިޔާވިއިރު، އެ ހަމަނުޖެހުމުގެ ތެރޭގައި ބައެއް ގައިދީންގެ ބޯ ތުނިކޮށް ކޮށާލި މައްސަލައެއް ވެސް ފެންމަތިވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: