ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލް އިންތިހާބުގައި ޖޭޕީން ހުރިހައި ދާއިރާއަކަށް ވާދަ ކުރަނީ!

ޖުމްހޫރީ ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ އެޕްރީލް މަހުގެ4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި ހުރިހައި ދާއިރާއަކަށް ވާދަ ކުރުމަށް ސަރުކާރު ހިންގާ ކޯޅިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ. 

ޖުމްހޫރީ ޕާޓީން މި ނިންމުން ނިންމާފައިވަނީ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލްވުމުގައެވެ. އެ ބައްދަލްވުމުގައި ނިންމި ނިންމުންތަކާއި ގުޅޭގޮތުން އެޕާޓީގެ އިސް ތަރުޖަމާން އަލީ ސޯލިހް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލްތަކުގެ ހުރިހާ ގޮނޑިއަކާއި، ސިޓީ އަދި އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އަދި މޭޔަރު ކަމަށް ވާދަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.

ކައުންސިލް އިންތިހާބާއެކު ބޭއްވުމަށް ހަމަޖެހިފައިވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކަށް ވެސް ވާދަކުރާނެ ކަމަށް ޖޭޕީން ވަނީ ނިންމާފައެވެ. ޖޭޕީން ބުނީ އިންތިޚާބުގައި އެޕާޓީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މިއަދުން ފެށިގެން ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލް އިންތިޚާބުގައި ހުރިހާ ދާއިރާއަކަށް ޖުމްހޫރީ ޕާޓީން ވާދަކުރަން ނިންމާފައިވާއިރު، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއާއި އިދިކޮޅު ޕީޕީއެމުންވެސް ވަނީ ހުރިހާ ދާއިރާއަކަށް ވާދަކުރާނެކަން އިޢުލާންކޮށް އެޕާޓީތަކުގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ޓިކެޓަށް އެދުމުގެ ފުރުސަތު ހުޅުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: