ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމްގެ ޓިކެޓަށް އެދި ހުށަހެޅުމުގެ ފުރުސަތު އިތުރު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޕީޕީއެމްގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލުމަށް ފޯމް ހުށައެޅުުމުގެ މުއްދަތު 13 ޖެނުއަރީ 2020ގެ 16:00ގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ޕީޕީއެމުން އެކަން ހާމަކުރީ އެ ޕާޓީން ކުރި ޓްވީޓެއްގައެވެ.

ޕީޕީއެމްއިން މިފަދައިން އިޢުލާންކޮށްފައިވާއިރު، މިއަހަރުގެ އެޕްރީލް މަހުގެ4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިހާބުގައި ހުރިހައި ދާއިރާއަކަށް ވާދަ ކުރުމަށް ސަރުކާރު ހިންގާ ކޯޅިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީންވެސް ވަނީ ނިންމާފައެވެ.

މީގެއިތުރުން އެމްޑީޕީންވެސް ވަނީ ކެނޑިޑޭޓުން ހޯދަން އޢިުލާންކޮށްފައެވެ. ދާއިރާތަކަށް ވާދަކުރައްވަން ބޭނުންފުޅުވާ ޕާޓީގެ މެންބަރުން އެބޭފުޅަކު ކުރިމަތިލައްވަން ބޭނުންފުޅުވާ ދާއިރާއަށް ކުރިމަތިލުމަށް އެދޭފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު ޕާޓީގެ ސެކްރެޓޭރިއަޓަށް 10 ޖެނުވަރީ 2020 ވާ ހުކުރު ދުވަހުގެ 18:00 ގެ ކުރިން ހުށައެޅުއްވަންއެމްޑީޕީއިންއެދިފައިވެއެވެ. 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: