ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖުމްހޫރީ ޕާޓީގެ ޕްރައިމަރީ އަންނަ މަހުގެ 12 ގައި

ޖުމްހޫރީ ޕާޓީގެ ބައްދަލުވުމެއްގެ ތެރެއިން: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެޕްރީލް މަހުގެ4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައުވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ޓިކެޓުގައި ވާދަ ކުރާ ކެނޑިޑޭޓުން ހޮވުމަސް ބާއްވާ ޕްރައިމަރީ އަންނަ މަހުގެ 12 ގައި ބޭއްވުމަށް ޖުމްހޫރީ ޕާޓީން ނިންމައިފިއެވެ. 

ޖޭޕީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ  ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޖޭޕީގެ ޓިކެޓު ހޯދަން ވާދަ ކުރާ ކެންޑިޑޭޓުން ކަނޑައެޅުމަށް ބާއްވާ ޕްރައިމަރީއަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ ހަވަ ދުވަހުން ފެށިގެން އަންނަ މަހުގެ ފަސްވަނަ ދުވަހުގެ ރޭގަނޑު 8:20 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.

ކައުންސިލް އިންތިހާބުގައި އަންހެނުންގެ ކޮމިޓީގެ އިންތިހާބުގެ ހުރިހާ ގޮނޑިއަކަށް ވާދަ ކުރާށް ޖޭޕީން ވަނީ ނިންމާފައެވެ. އަދި އެ އިންތިހާބުގައި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 12 ވަނަ ދުވަހުގައި ކަމަށް ވެސް ޕާޓީގެ ނޫސް ބަޔާނުގައި ވަނީ ބުނެފައެވެ. 

ޖޭޕީގެ ޕްރައިމަރީ އަންނަ މަހުގެ 12 ވަނަ ދުވަހު ބާއްވާއިރު، އެމްޑީޕީގެ ކެންޑިޑޭޓުން ކަނޑައަޅާ ޕްރައިމަރީ ބާއްވަން ނިންމާފައި ވަނީ މި މަހުގެ 31 ވަނަ ދުވަހުގަ އެވެ. އިދިކޮޅު ޕީޕީއެމުން ވެސް ނިންމާފައި ވަނީ އެ ޕާޓީން ވާދަކުރާ ކެންޑިޑޭޓުން ޕްރައިމަރީއަކުން ކަނޑައެޅުމަށެވެ. އެކަމަކު ޕްރައިމަރީ އޮންނާނެ ދުވަހެއް އެ ޕާޓީން އަދި އިއުލާނެއް ނުކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: