ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ޒުވާނުންނާއި ކުޅިލިވަރުގެ އެންމެ ކާމިޔާބު އަހަރު: މަހްލޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި ވެސް ކުޅިވަރާއި ޒުވާނުންގެ ދާއިރާ އިން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތައް ކުރި އަހަރެއް ކަމަށާއި އޭގެ މޭވާ މި އަހަރު ލިބޭނެ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ނިމިދިޔަ އެއްއަހަރު ޔޫތް އެންޑް ސްޕޯޓްސް މިނިސްޓްރީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް މަހްލޫފް ވިދާޅުވިއެވެ. ސްޕޯޓްސް ކައުންސިލް އާއި ޔޫތް ކައުންސިލުން އެ ވުޒާރާގެ މަސައްކަތްތަކުގައި ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭކަމަށް އޭނާ ވިދާޅުވިއެވެ.

ވޭތުވެދިޔަ އަހަރު ޔޫތު މިނިސްޓްރީން ކުރި މަސައްކަތްތައް ފާހަގަ ކުރުމަށް “ރަން އަހަރު” ޖަލްސާގައި މިނިސްޓަރު ވިދާޅުވީ މިދިޔަ އަހަރަކީ ކުޅިވަރުގެ ހަޔާތުގައި ރާއްޖެ އަށް އެންމެ ކާމިޔާބު އަހަރު ކަމަށެވެ.

މިނިސްޓަރ ވަނީ މިއަހަރު ކުރާނެ ކަންކަމުގެ ތަފްސީލަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭން ފެށުމާއި، ރާއްޖޭގެ ފުރަތަމަ އިންޑޯ ބާސްކެޓް ކޯޓް އެޅުމުގެ މަސައްކަތްފެށުމާއި، ފީފާ އިން ގަބޫލު ކުރާ ފެންވަރުގެ 50 ފުޓްބޯޅަ ދަނޑު އެޅުން ފާހަގަކުރެވެއެވެ. މީގެއިތުރުން 18 ޒުވާނުންގެ މަރުކަޒު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އަޅާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ޒުވާނުން ބާރުވެރި ކުރުވުމަށް ވެސް އެހެން އަހަރުތަކާ އަޅާބަލާއިރު މިދިޔަ އަހަރަކީ ކާމިޔާބު އަހަރެއް ކަމަށް މަހުލޫފް ވިދާޅުވި އެވެ.
ކުޅިވަރާއި ޒުވާނުންގެ ދާއިރާއިތުރަށްގީކޮށް ކުރިއެރުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި މިއަހަރުގެ ތެރޭގައި އެކަންކަން ކާމިޔާބު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޔޫތު މިނިސްޓްރީން ކުރާ ހަމައެކަނި ކަމަކީ ކުޅިވަރު ކުޅޭ ތަންތަން ހެދުން ކަމަށް ބުނާ ބުނުމާއި ގުޅިގެން، މަހުލޫފް ވިދާޅުވީ ރައްޔިތުންގެ އެންމެ ބޮޑު އެދުމަކީ އެއީ ކަމަށެވެ. ރަށްތަކުގެ ދަނޑުތައް ހުރީ ޖަންގަލިތަކެއްގެ ގޮތުގައި ކަމަށާއި އެތަންތަން ރަނގަޅަށް ހެދުމުން ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެތަންތަނުގެ ބޭނުން ކުރާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރވަނީ ދިމާވި ގޮންޖެހުންތަކަށްވެސް އަލި އަޅުވާލައްވާފައެވެ.

މިނިސްޓަރު މަހުލޫފް ވަނީ ޒުވާނުންނަށް ހާއްސަކޮށްގެން ގައުމީ ފެންވަރުގެ ތިން އެވޯޑެއް މި އަހަރުން ފެށިގެން ދޭން ނިންމާފައިވާކަން އިއުލާން ކުރައްވައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ޒުވާނުންގެ އެވޯޑާއި ކުޅިވަރުގެ ގައުމީ އިނާމުގެ އިތުރުން ޖަމިއްޔާތަކަށް ދޭ ގައުމީ އިނާމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: