ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުއްދަނެތި ރިސޯޓްތަކުން ރީބްރޯޑްކާސްޓްކުރާތީ، މަޝްވަރާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ލައިސަންސް އާއި ރައިޓްސް ނެތި ޗެނަލްތައް ބައެއް ރިސޯޓާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރަމުންދާ މައްސަލާގައި މަޝްވަރާކޮށްފިއެވެ.

އެ މައްސަލާގައި މަޝްވަރާތައް ކުރިއަށްގެންގޮސްފައި ވަނީ ޓުއަރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިންނެވެ.

ބްރޯޑްކޮމް އިން ބުުނެފައިވަނީ، ރިސޯޓުތަކާއި ގެސްޓްހައުސްތަކުގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެވޭނީ އެ ކޮމިޝަނުން ލައިސަންސް ހޯދައިގެން ކަމަށެވެ. އެހެން ނަމަވެސް ގިނަ ރިސޯޓުތަކެއްގައި އެ ހިދުމަތް ލައިސަންސްނެތި ދެމުންދާކަން އެ ކޮމިޝަނުންވަނީ ފާހަގަކޮށްފައެޗެ.

އިތުރަށް އެ ކޮމިޝަނުން ވިދާޅުވީ، ބޭރުގެ ޓީވީ ޗެނަލްތަކުގެ ރައިޓްސް ނެތި ރީބްރޯޑްކާސްޓް ކުރުމަކީ ބައިނަލްއަގުވާމީ ކޮޕީރައިޓްސްގެ މައްސަލަ ފެންމަތިވާނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން  ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުމުގެ ސަބަބުން ލައިސަންސް ފީގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ އާމްދަނީ ނުލިބޭކަން އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.  ގަވާއިދާ ހިލާފަށް ރީބްރޯޑްކާސްޓްކުރަމުންދާ ރިސޯޓުތަކުގެ މައްސަލަ ބެލުމުގައި ކަމާބެހޭ ފަރާތްތަކުގެ އެއްބާރުލުން ނުލިބޭ ކަމަށާ، އެކަމުގެ ސަބަބުން ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވާކަމަށް ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: