ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަލުގެ ހާލަތާއި މެދު މުނާޒް ހެއްދެވީ އިތުރުފުޅު: ޕްރޮގްރެސިވް ކޯލިޝަން

ޝެއާރކޮށްލާ ކަހަލަދޯ؟

ޖަލުގައި ހިނގާ ކަންކަމާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް އިތުރުފުޅުހެއްދެވިކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ތުހުމަތުކުރައްވައިފިއެވެ.

މަފުށީ ޖަލުގައި ހިންގާ ހަމަނުޖެހުންތަކާއި ގުޅިގެން ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒްކުރައްވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރައްކާތެރިކަމާއި މެދު ސުވާލެއް ނެތް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް މުނާޒް ވަނީ ވިދާޅުވެފައެވެ.

މުނާޒް އެހެން ވިދާޅުވީ، ޖަލުގެ ހާލަތު ހުރިގޮތުން، ރައީސް ޔާމީންގެ ރައްކާތެރިކަމާއި ސުވާލު އުފެދޭކަމަށް ބުނެ ޕްރޮގްރެސިވް ކޯލިޝަނުން މީގެ ކުރިން ނެރުނު ބަޔާނަކާއި ގުޅިގެންނެވެ.

މުނާޒް ވިދާޅުވީ ރައީސް ޔާމީންްއަށް ރައްކާތެރިކަން އޮތްކަމުގެ 100 ޕަރސަންޓް އިތުބާރުއެބައޮތްކަމަށެވެ. އަދި މުޅި ޖަލުގައި ހަމަނުޖެހުން ހިނގަމުން ނުދާ ކަމަށާ، ހަމަނުޖެހުން ހިނގީ އެންމެ ޔުނިޓެއްގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މުނާޒް ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބުދެއްވާފައި ނުވާތީއާއި، ޖަލުގައި ހިނގާ ހަމަނުޖެހުމުގެ މައުލޫމާތު އޮޅުވާލާފައިވާކަމަށް ބުނެ ޕްރޮގްރެސިވް ކޯލިޝަނުންވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

އެ ބަޔާނުގައި ރައީސް ޔާމީންގެ ސަލާމަަތާއި މެދު އަދިވެސް ސުވާލު އުފައްދާކަމަށާ، ޖަލުގައި ހިނގާކަންކަމުގެ ފުރިހަމަ މައުލޫމާތު ފޯރުކޮށް ނުދެތީ ކަންބޮޑުވާކަމަށް އެ ކޯލީޝަނުން ވިދާޅުވެފައިވެއެވެ.

މާފުށީ ޖަލުގައި ހަމަނުޖެހުން ބޮޑުވެފައިވާ ކަމަށް އަޑު ފެތުރިފައިވާއިރު އެކަން ކަރެކްޝަންސްއިން ދޮގުކުރެއެވެ. އަދި މާފުށީ ޖަލުގައި ހަމަނުޖެހުން ހިންގާފައި ނުވާކަމަށް ބުނެ، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން އާއްމު ކުރި ބަޔާނުގައި ވާ ވާހަކަތައް ދޮގުކޮށް ޖަލު އޮފިސަރުން ބާރުގެ ބޭނުންކޮށްފައިވާކަމަށް އިންސްޕެކްޓަރ އޮފް ކަރެކްޝަންސް އަހުމަދު މުހައްމަދު ވަނީ ވިދާޅުވެފައެވެ.

މިދިޔަ ހުކުރު ދުވަހުން ފެށިގެން ޖަލުގައި ގައިދީންނަށް އަނިޔާ ކުރާ ކަމުގެ އަޑުތައްފެތުރިފައިވާއިރު، އަސާސީ ހައްގުތަކުން މަހުރޫމް ކުރާ މައްސަލައިގައި ގައިދީން ދަނީ އަޑުއުފުލަމުންނެވެ.

އެގޮތުން ރަނގަޅު ބޭސްފަރުވާއެއް ފޯރުކޮށްދީފައިނުވާކަމަށް ބައެއް ގައިދީން ވަނީ ބުނެފައެވެ. މައްސަލަ ބަލާ ނިމެންދެން ބަންދުކޮށްފައި ބަހައްޓާފައިވާ މީހުންގެ މައްސަލަތައް ކުރިޔަށް ނުދިއުމަކީ އެންމެ ބޮޑު ކަންބޮޑުވުމެވެ. ގައިދީންނަށް އަނިޔާ ކުރާ މައްސަލައިގައި، ކަރެކްސްޝަންސް އިން ބުނެފައިވަނީ އޮފިސަރުންނަށް އަނިޔާ ކުރަނީ ގައިދީން ކަމަށެވެ.

މާފުށީ ޖަލުގެ ރިމާންޑުގައި މިހާރުވެސް ހުކުމެއް ނެތި، ޝަރީއަތް ނިމެންދެން ބަންދުގެ މުއްދަތު ޖަހާފައިވާ ދެ ހާހެއްހާ މީހުން އެބަތިއްބެވެ. މާފުށީ ޖަލުގައި އާއްމު ގޮތެއްގައި ހަމަނުޖެހުން ހިންގާ، އެ މައްސަލަ ފެންމަތިވެގެން އަންނަނީ ޔުނިޓް 4 އިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: