ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ އަމާޒް، ގިނަ ދުވަސްވެފައި ހުރި މައްސަލަތައް ސެޕްޓެންބަރުގެ ނިޔަލަށް ނިންމުން!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގައި ދިގުލައިގެން ގޮސްފައި ތިބި މައްސަލަތައް މިއަހަރުގެ ސެޕްޓެމްބަރު މަސް ނިމެންވާއިރަށް ބަލާ، ނިންމާލަން އެ ކޯޓުން މަސައްކަތް ފަށައިފިއެވެ.

އެގޮތުން އަހަރަކަށް ވުރެ ގިނަ ދުވަސްވެފައިވާ ހުރިހާ މައްސަލައެއް ބެލުމަށް ފަހު ނިންމުމަށް ކޯޓުން ވަނީ މަސައްކަތް ފަށާފައެވެ. ކްރިމިނަލް ކޯޓުން ބުނެފައިވަނީ މިދިޔަ އަހަރަކީ ގިނަ މައްސަލަތަކެއް ނިންމުނު އަހަރެއް ކަމަށެވެ.

ކްރިމިނަލް ކޯޓުން އާންމުކުރި މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު 1،300 އަށް ވުރެ ގިނަ މައްސަލަ އެ ކޯޓުން ނިންމިއިރު 1،600 އަށް ވުރެ ގިނަ މައްސަލަ މިދިޔަ އަހަރު ނިމުނުއިރު ނުނިމި ހުއްޓެވެ.

އޭގެ ތެރެއިން ފަސް އަހަރު ވެފައިވާ 27 މައްސަލައެއް އޮތްއިރު، ތިން އަހަރު ވެފައިވާ 228 މައްސަލައެއް ވެސް އޮތް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ. އަދި އެއް އަހަރު ވެފައިވާ 744 މައްސަލައަކާއި އެއް އަހަރު ނުވާ 662 މައްސަލައެއް ވެސް މިދިޔަ އަހަރު ނިމުނުއިރު ނުނިމި އޮތް ކަމަށް އެ ހިސާބުތަކުން ދައްކަ އެވެ.

ކްރިމިނަލް ކޯޓުން ބުނީ އެ ކޯޓަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ލަސްވެފައިވާ މައްސަލަތައް ނިންމުން ކަމަށާއި އެހެންވެ ތިން އަހަރުވީ ހުރިހާ މައްސަލައެއް މާޗް މަސް ނިމުމުގެ ކުރިން ނިންމުމަށާއި ދެ އަހަރު ވެފައިވާ މައްސަލަތައް ޖޫން މަސް ނިމުމުގެ ކުރިން ނިންމުމުގެ އިތުރުން އެއް އަހަރުވީ އެއްވެސް މައްސަލައެއް ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުބާއްވަން މަސައްކަތް ކުރަން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި ތިން އަހަރުވީ މައްސަލަތައް އެ ކޯޓުގެ ހުރިހާ ސެކްޝަންތަކަށް ހަމަހަމަކޮށް މިހާރު ބަހާލާފައިވާ ކަމަށް ވެސް އެ ކޯޓުން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: