ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައްޕި ގެއްލުނު ހާދިސާ: ކަނޑު އަޑިން ވަޅިއަކާއި ތުއްވާޔެއް، ތުވާލީގައި ލޭގެ އަސަރު؟

ކައްޕި ހޯދުމަށް ޑައިވް ކުރި ޑައިވަރުންނަށް ފެނުނު ތުވާލީގައި ލޭގެ އަސަރު - ފޮޓޯ: އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ފަރަށް އެރި ދޯންޏަކުން ގެއްލުނު ކައްޕި ހޯދުމުގެ މަސައްކަތް ކުރަމުން ދިޔަ ޑައިވަރުންނަށް ކަނޑުގެ އަޑިން ކައްޕި ގެއްލުމާއި މެދު އަނެއްކާވެސް ސުވާލުތަކެއް އުފެދޭ ބައެއް ތަކެތި ކަނޑުގެ އަޑީން ހޯދައިފިއެވެ.

މި މަހުގެ ހަ ވަނަ ދުވަހު ކ. ކަގި ކައިރިން ފަރަށް އެރި ”ޓީޓީއެސް ފާން“ ކިޔާ މުދާ އުފުލާ ދޯނިން ގެއްލިގެން ހޯދަމުން ދަނީ މުހައްމަދު ޔޫސުފް / ހދ. ކުޅުދުއްފުށި، ހަވީރީ ނާޒް އެވެ. އަދި ކައްޕި ހޯދުމަށް ސިފައިން ދަނީ ހުއްޓާ ނުލާ މަސައްކަތް ކުރަމުންނެވެ.

މައްސަލައާއި ގުޅިގެން އެމްއެންޑީއެފްގެ އިސް ތަރުޖަމާނު މޭޖާ އިބްރާހިމް އާޒިމް ނޫސްވެރިންނަށް ވިދާޅުވީ، މުދާ އުފުލާ އެ ދޯނު އުރިފައިވާ ސަރަހައްދާ ކައިރި ފަރުގެ އަޑިން ވަޅިއަކާއި، ތުވާލިއެއް ފެނިފައި ވާކަމަށެވެ. 41 މީޓަރު އަޑިން ފެނުނު އެ ވަޅީގައި ވަނީ ދަބަރު ޖަހާފައެވެ. އަދި ތުވާލި ނަގާފައިވަނީ 48 މީޓަރުން އަޑީންނެވެ. މީޑިއާތަކާއި ހިއްސާކުރި ފޮޓޯތަކުން ފެންނަގޮތުން ހުދު ކުލައިގެ އެ ތުވާލީގައި ލޭގެ އަސަރު ހުއްޓެވެ. އޭގެ އިތުރުން ބައެއް ކަރަނޑު ސާމާނުތަކެއް ވެސް ވަނީ ފެނިފައެވެ. އެހެން ނަމަވެސް، އޭގެ ތަފްސީލެއް އާޒިމް ނުދެއްވައެވެ.

ކަޅު ކުލައިގެ ޑަސްބިން ކޮތަޅެއްގެ ތެރެއިން އިލޮކްޓްރޯނިކް ބައެއް ސާމާނުތަކެއް ފެނުނުއިރު، އެ ތަކެއްޗާއި ކައްޕިއާއި ގުޅުމެއް ވޭތޯ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކައްޕި ހޯދަން ޑައިވް ކުރި ޑައިވަރުންނަށް ފެނުނު ތަކެތި — ފޮޓޯ: އެމްއެންޑީއެފް

އެ ފޮޓޯއާއި ގުޅިގެން ނޫސްވެރިޔަކު ވަނީ، ތުވާލީގައި ވަނީ ލޭގެ އަސަރުތޯ ނުވަތަ ދަބަރުތޯ ޔަގީން ކުރެވިއްޖެ ތޯ ސުވާލުކޮށްފައެވެ. އެހެން ނަމަވެސް، އާޒިމް ވިދާޅުވީ އެކަމުގެ ތަހުގީގު ކުރިޔަށް ގެންދާނީ ފުލުހުން ކަމަށެވެ.

ޖެނުއަރީ ހަވަނަ ދުވަހު ހިނގި ހާދިސާގައި ދޯނި ފަރައް އަރާފައިވާ ސަބަބު އަދި ނޭނގެއެވެ. ފޮޓޯތަކުން ފެންނަގޮތުން މުދާ އުފުލާ އެ ދޯނި އުރިފައިވަނީ ފަޅުތެރޭގެ ތިލަ ހިސާބަކަށެވެ. ”ޓީޓީއެސް ފާނަ“ ނަމަކަށް ކިޔާ އެ ދޯނި އުރުނުއިރު އޭގައި ތިބީ ކައްޕި މުހައްމަދު ޔޫސުފްގެ އިތުރުން ބަގްލަދޭޝްގެ ދެ މީހެކެވެ. ކައްޕި ގެއްލިގެން އެކަން ރިޕޯޓު ކުރީވެސް ދޯނީގައި ތިބި ދެ ބިދޭސީންނެވެ. އެހެން ނަމަވެސް، ދޯނި ފަރަށް އަރައިގެން އުޅޭކަމަށް ސިފައިންނަށް ނާންގައެވެ. ސިފައިންނަށް ދޯނު އުރިފައިވާކަން އެނގުނީވެސް އެ ސަރަހައްދަށް ދިއުމުންނެވެ.

މައްސަލައިގައި ފުރަތަމަ ސިފައިންނަށް ބެލެވުނީ، ކައްޕި ގެއްލިގެން އެކަމުގެ ތެރެއިން ދޯނި ފަރަށް އެެރީ ކަމަށެވެ. އޭރު ދެ ބިދޭސީން ވެސް ސިފައިންނަށް އެކަމާއި ގުޅޭ މާބޮޑު މައުލޫމާތެއް ދީފައިވެސް ނުވެއެވެ. ދޯނި ފަރަށް އަރާފައިވަނިކޮށް، އެހީތެރިކަން ފޯރުކޮށްދިނުމަށް ދޯންޏާއި އެެހެން ލޯންޗެއް ކައިރި ކުރިއެވެ. އެހެން ނަމަވެސް، ދޯނީގައި ތިބި މީހުން އެންގީ އެހީތެރިކަމެއް ބޭނުމެއް ނުވާ ކަމަށާއި، ކޯސްޓްގާޑަށް ދޯނި ފަރަށް އަރާފައިވާ ކަމުގެ މައުލޫމާތު ދީފައިވާ ކަމަށެވެ.

ކައްޕި ގެއްލުން ސަރަހައްދުން ވަޅިއަކާއި އިތުރު އެއްޗެހިތަކެއް — ފޮޓޯ: އެމްއެންޑީއެފް

ލޯންޗު އެ ސަރަހައްދު ދޫކޮށް ދިއުމުގެ ކުރިން، ދޯނީގެ ފޮޓޯއެއް ވަނީ ނަގާފައެވެ. އަދި އެ ފޮޓޯގައި ވާގޮތުން އެ ވަގުތު ކައްޕި ވެސް ދޯނީގައި ހުއްޓެވެ. ފޮޓޯތައް އާއްމުވުމާއި އެކު ކައްޕި ގެއްލުމާއި ގުޅޭގޮތުން ސުވާލު އުފެދުނީއެވެ. އަދި އެ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފެށިއެވެ.

ދޯނި އުރުނު ސަރައްދުން ޝައްކު ކުރެވޭ ބައެއް ސާމާނު ފެނިފައިވާއިރު، އެމްއެންޑީއެފްއިން ވަނީ ކައްޕި ގެއްލުމާއި ގުޅޭގޮތުން ކޮމެންޓު ކުރަން އަދި މާ އަވަސް ކަމަށެވެ. އަދި އެކަމަށް މައުލޫމާތު ދެވޭނީ ފުލުހުންގެ ތަހުގީގަށްފަހުގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: