ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތާއީދު ކުރަނީ ޕީއެންސީގެ ކެންޑިޑޭޓުންނަށް އެކަނި، ބޭނުން ވަނީ ޕީއެންސީ މޮޅުވާން: ރައީސް

ޑޯޓުޑޯ ހަރަކާތް ނިންމަވާލެއްވުމަށް ފަހު ރައީސް ޑރ. މުއިއްޒު މީޑިއާއަށް މައުލޫމާތު ދެއްވަނީ/ ފޮޓޯ: ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ކައުންސިލް އިންތިހާބުގައި ވާދަކުރާ އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތާއީދު އޮތް ކަމަށް ބުނެ އޭނާ ދައްކަމުން ގެންދާ ވާހަކަތައް އެމަނިކުފާނު ދޮގުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ އިންތިޚާބުގެ ކެމްޕޭނަށް މިއަދު ކުރިއަށްގެންދިޔަ ޑޯޓުޑޯ އަށް ފަހު މީޑިއާތަކަށް ދެއްވި އިންޓަވިއުއެއްގަ އެވެ. ރައީސް ވިދާޅުވީ، ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓަކު، އެމަނިކުފާނުގެ ތާއީދު އޮތީ އެނާއަށްކަމަށް ބައެއް ރައްޔިތުން ގާތު ބުނަމުންދާ ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި، މިނިވަން ކެންޑިޑޭޓެއްކަމުގައި ވިޔަސް ނުވަތަ އެމްޑީޕީގެ ޓިކެޓުގައި ހުރި ކެނޑިޑޭޓެއް ވިޔަސް، ސަރުކާރު ހިންގާ ޕާޓީ ނޫން އެހެން އެއްވެސް ޕާޓީއެއްގެ ކެންޑިޑޭޓަކަށް އެމަނިކުފާނުގެ ތާއީދެއް ނޯންނާނެއެވެ. އެމަނިކުފާނަކީ ޕާޓީ ނިޒާމު ގަބޫލުކުރައްވާ ބޭފުޅެއްކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ ބޭނުން ވަނީ ޕީއެންސީގެ ކެންޑިޑޭޓުން، އިންތިހާބު ކާމިޔާބުވުން ކަމަށެވެ. އަދި އެމަނިކުފާނު ތާއީދު ކުރާ ހުރިހާ ކެންޑިޑޭޓުން ވެސް ތިއްބަވާނީ ޕީއެންސީގެ ޓިކެޓުގައިކަން ވަނީ ތަކުރާރުކުރައްވާފައެވެ.

މި ދާއިރާގެ އައިއްސަ ފާހަގަވެ ކަމެއް އޮވެގެން އަޅުގަނޑުމެންގެ ވޯޓާސް އޮންނަ ކަމެއް ސާފުކޮށްލަދޭން ބޭނުންވަނީ. ކުރިއަށް އޮތް ކައުންސިލް އިންތިހާބުގަ އަޅުގަނޑު ތާއީދު ކުރާ ކެންޑިޑޭޓުން ތިބޭނީ ޕީއެންސީ ޓިކެޓުގަ އިނގޭތޯ. ހާއްސަކޮށް މިދާއިރާގަ އަޅުގަނޑަށް ހަބަރުތަކެއް މި ލިބެނީ އެމްޑީޕީ ނުކުމެ ހުރި ކެންޑިޑޭޓް ބުނާކަމަށް އަޅުގަނޑުގެ ތާއީދު އޮތީ އެ ބޭފުޅާއަށްކަމަށް. އެއީ ކަނޑައެޅިގެން ދޮގެއް އިނގޭތޯ. އަޅުގަނޑުގެ ތާއީދު އޮންނާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓަށް އެކަނި ޕީއެންސީ ކެންޑިޑޭޓަށް އެކަނި މިނިވަންކޮށް ހުރި ބޭފުޅަކަށް ވިޔަސް އެމްޑީޕީ ޓިކެޓް ހުރި ބޭފުޅަކަށް ވިޔަސް އެއްވެސް އެހެން ޕާޓީއެއްގެ ބޭފުޅަކަށް އަޅުގަނޑުގެ ތާއީދެއް ނޯންނާނެ.

ރައީސް ވިދާޅުވީ ހުޅުމާލެ ދެކުނު ދާއިރާ އިން އެމަނިކުފާނުގެ ފުރިހަމަ ތާއީދު އޮތީ ޕީއެންސީގެ ކެންޑިޑޭޓް އަޙްމަދު ޢުބައިދު (އުބޭ) އަށް ކަމަށެވެ. މި ދާއިރާއަށް އެމްޑީޕީ ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ކެންޑިޑޭޓަކު ވާދަކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: