ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް މެލޭޝިޔާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އިންތިޒާމްކޮށްގެން މެލޭޝިޔާގައި ދިރިއުޅޭ ދިވެހިންނަށް ރޯދަ ވީއްލުމެއް ބާއްވައިފިއެވެ.

މި ރޯދަވީއްލުން އޮތީ 7 މާރިޗު 2026 ވީ ހޮނިހިރު ދުވަހު ކުއާލަލަންޕޫރުގެ ޖޭ.ޑަމްލިޔު މެރިއެޓް ހޮޓަލުގައެވެ. މި ހަފްލާ ސޮޕޮންސަރ ކޮށްދެވީ ދިވެހިރާއްޖޭގެ އަމިއްލަފަރާތެއް ކަމުގައިވާ ”ހޯކްސް ޕްރައިވެޓް ލިމިޓެޑް“އިންނެވެ.

ދިވެހީންގެ އާދަކާދަ އާއިއެއްގޮތަށް އެކަކު އަނެކަކާ ދިމާވެ އެއްބައިވަންތަކަން އާލާކުރުމުގެ މަޤްސަދުގައި ކޮންމެ އަހަރަކުވެސް ބޭއްވޭ މި ރޯދަ ވިއްލުމުގައި މި އަހަރުވެސް މެލޭޝިއާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ކިޔަވާކުދީން ހިމެނެއެވެ.

މި ހަފްލާގައި އަލަށް ހޮވުނު މޯލްޑިވިއަން ސްޓޫޑަންޓްސް އެސޯސިއޭޝަން، މެލޭޝިޔާ (އެމް.އެސް.އޭ.އެމް)ގެ އެކްސްކޯގައި ހިމެނޭ ދަރިވަރުންގެ ކުރު ތަޢާރަފް ދެވެނުނެވެ. އަދި އެމް.އެސް.އޭ.އެމް ގެ ފަރާތުން ކުރިއަށް ރޭވިފައިވާ ޕޮރޮގްރާމްތަކުގެ މަޢުލޫމާތު ކޮމިއުނިޓީއާ ހިއްސާ ކުރެވުނެވެ.

ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާއާއި ހެޔޮއެދުންތަކާއެކު، ހައިކޮމިޝަނުގެ މުވައްޒަފުންގެ ފަރާތުން މި ހަފްލާގައި ’ތިޔަބޭފުޅުންގެ ފުރުސަތު‘ ނަމުގައި ވަނީ ޚާއްސަ ނަސީބު ގުރުއަތެއް ކުރިއަށް ގެންގޮސްފައެވެ. މި ގުރުއަތުގެ ދަށުން ޖުމްލަ 11 އިނާމެއް ބައިވެރިންނަށް ހުށަހަޅާފައިވެއެވެ. މި އިނާމުތަކުގެ ތެރޭގައި އަގުހުރި ހަދިޔާތަކެއް ހިމެނުނެވެ. މިގޮތުން 58 އިންޗީގެ ޓީ.ވީއެއްވެސް މި ގުރުއަތުގައި ހިމެނިފައިވެއެވެ. މި ހަފްލާއަށް ދިވެހި ކޮމިއުނިޓީގެ ވަރަށް ހޫނު ތަރުހީބެއް ލިބިފައިވާކަން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: