ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފާޅުގައި މުންކަރާތްތަކަށް އަރައިގަންނަނަމަ މުސީބާތާއި ކުރިމަތިވޭ: ހުތުބާ

ޝެއާރކޮށްލާ ކަހަލަދޯ؟

ފާޅުގައި މުންކަރާތްތަކަށް އަރައިގަންނަނަމަ މުސީބާތާއި ކުރިމަތިވާކަމަށް ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުކުރު ހުތުބާގައި ރަސޫލާ ސައްލައްﷲ އަލައިހި ވަސައްލަމަގެ ހަދީސްފުޅަކަށް ރިއާޔަތްކޮށް، ފާޅުގައި ފާހިޝް އަމަލުތައް ޖެހިލުމެއް ނެތި ކުރާނަމަ، އޭގެ ކުރިން ނުފެންނަ ފަދަ ކޯފާތައް ފެންނާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. އަދި އެބައެއްގެ ތެރޭގައި ވިޔަފާރީގެ މުއާމަލާތްކުރުމުގެ މަކަރާއި، ހީލަތް ހަދާ، މިނެކިރުމާއި، މިންއެޅުމުގައި އުނިކުރަން ފަށައިފިނަމަ ދިރިއުޅުމުގައި އަތްމަތި ދަތިވެ، ތަދު މަޑުކަން އާއްމުވެ އެއުރެންގެ މައްޗަށް އިސްވެ ތިބި ވެރިންގެ ކިބައިން އަނިޔާވެރިކަމާއި ކުރިމަތިވާން ފަށާނެ ކަމަށް ބުނެފައިވެއެވެ.

“ލޮބުވެތި މުސްލިމް އަހުންނޭވެ! މި ނަބަވީ އިރުޝާދުގައި އިސްފައިވާ ކަންތައްތަކާއި މެދު މުސްލިމުން ވިސްނާ، ފިކުރުކޮށް، އެކަންތައްތަކުން ރައްކާތެރިވާން ނުޖެހޭތޯއެވެ؟ އަދި އަޅުގަނޑުމެންގެ މުޖުތަމައުގައި ހުރި ބަލިތައް ހޯދާ، އެ ބަލިތަކުން ސަލާމަތްވާން މަސައްކަތް ކުރުމުގެ ވަގުތު ނުޖެހެނީތޯއވެެ؟ މިއަދު މުސްލިމުންނަށް ދިމާވެފައިވާ ނިކަމެތިކަމުގެ އަސްލަކީ ފަހެ ކޮބައިބާވައެވެ؟ ހަގީގަތުގައި އުނިކަން ހުރީ އަޅުގަނޑުމެންގެ އަމިއްލަ ނަފްސުތަކުގައެވެ.”

 ޒަކާތް ނުނެރެ، ޒަކާތުގެ ހައްގުވެރިން ޒަކާތުން މަގްރޫމް ކުރާނަމަ، އުޑުން ވާރޭ ވެހުން ހުއްޓިދާނެ ކަމަށް ހުތުބާގައި ބުނެފައިވެއެވެ. ހުތުބާގައި އިތުރަށް ބުނެފައިވަނީ ގެރި ބަކަރި ނެތް ހިސާބުގަނޑުން އެއްގޮތަކަށްވެސް ވާރޭ ނުވެހި، މުޅިން ވާރޭ ފެނުން މަހްރޫމްވެދާނެ ކަމަށެވެ. ބަޔަކު ﷲއަށާއި އެކަލާނގެ ރަސޫލާއަށް އީމާންވެ، އެ ދީންމަތީ އުޅުމަށް ވައުދުވުމަށް ފަހު އެ ނޫން ގޮތަކަށް އުޅޭ ނަމަ އެ މީހުންގެ މައްޗަށް ގުޅުމެއް ނެތް ބޭރު ބަޔަކު ވެރި ކުރައްވާފާނޭ ކަމަށް ހުތުބާގައިވެއވެެ.

އޭރުން ތިމާމެންގެ މުދަލާއި، އަނބިދަރީންގެ ތެރެއިން ނެގުނު އެއްޗެއް އެފަދަ މީހުން ނަގާނެ ކަމަށް ހުތުބާގައި ފާހަގކޮށްފައިވެއެވެެ.

ހުތުބާގައި ނަބަވީ އިރުޝާދުގައި އައިސްފައިވާ ކަންކަމަށް ޢަމަލުކުރުމަށް އިލްތިމާސްކޮށްފައިވެއެވެ.

ހުތުބާގައި މި މުޖުތަމައުއިން ފާހިޝްކަންކަން ފެންނަކަން ފާހަގަކޮށް ބުނެފައިވަނި އެކަމުގެ ސަބަބުން ކާބަފައިންގެ ޒަމާނުގައިވެސް ފެނިފައި ނުވާފަދަ ނުރައްކާތެރި އެތައް ބައްޔެއް ފެތުރިގެން ދާނެ ކަމެއްކަމަށެވެ.އެފަދަ ނުރައްކާތެރި ބަލިތައް އެންމެ މަދީ މުސްލިމް ޤައުމުތަކުގައި ކަމަށްބާއިރު އެބަލި އިސްލާމީ މުޖުތަމައުގައިވެސް މިހާރު ބާރަށް ފެތުރެމުންދާކަން ހުތުބާގައި ފާހަގަކޮށްފައިވެއެވެ.

އެފަދަ ކަންކަމުން ސަލާމަތްވުމަށް ހުއްދަ ނޫން ގޮތުގައި ޖިންސީ ގުޅުން ހިންގުމާއި، އެހެނިހެން ނުބައިކަންކަމުން ދުރުވުމަށް ގޮވާލާފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: