ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުޕްރީމްކޯޓުން ސުޢޫދު އަޒުލުކުރަން ޖެހޭ: ޝަހީމް

މަރުތަކާއި ބެހޭ ކޮމިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއް: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޕްރީމް ކޯޓަށް ދާދިފަހުން އަައްޔަންކުރި ،  މަރަތަކާއި ބެހޭ ކޮމިޝަންގެ ކުރީގެ ރައީސް ހުސްނުއް ސުއޫދު، އެ ކޯޓުން އަޒުލު ކުރަން ޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެެވެ.

ސުއޫދު މަރުކޮމިޝަނާއި ހަވާލުވެ ހުންނެވިއިރު، ވަނީ އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލާފައިވާ  ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ރ. އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގީ ރިޕޯޓް ހާމަކޮށްފައެވެ. އަދި އެ ރިޕޯޓަށް ބިނާކޮށް ޑރ. ޝަހީމްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވިއެވެ. އެެެހެންނަމަވެސް ޕީޖީ އޮފީހުން ވަނީ މި މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރަން އަނބުރާ ފޮނުވާލާފައެވެ.

ޑރ. ޝަހީމްގެ މައްޗަށް މަރުތަކާއި ބެހޭ ކޮމިޝަނުން ކުރަނީ އެ މައްސަލާގައި ރިޔާސީ ކޮމިޝަނަށް ދޮގު މައުލޫމާތު ދިން ކަމަށް ތުހުމަތެވެ. މިހާރު އެ މައްސަލަ ވަނީ ފުލުހަށް ހުށަހަޅާފައެވެ. ޝަހީމްވަނީ އެ މައްސަލައިގައި ސިޔާސީ މަންފާ ހޯދަން އުޅޭކަމަށް ތުހުމަތުކުރައްވާފައެވެ.

އޭނާ ކުރެއްވި ޓްވީޓްތަކެއްގައި ކޮމިޝަނުގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.

https://twitter.com/Mohamedshaheem1/status/1215379026799480832ޔ

ޕީޖީ އޮފީހުން ލަފާދީފައިވާ ގޮތަށް ޝަހީމްގެ މައްސަލަ ފުލުސް އޮފީހަށް ފޮނުވާފައިވާކަން މަރު ކޮމިޝަންގެ މެމްބަރު ފަރީޝާ އަބްދުﷲ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މައްސަލަ ފޮނުވި ސީދާ ތާރީހެއް ހާމަނުކޮށް ފަރީޝާ ވިދާޅުވީ، މައްސަލަ ފުލުހަށް ފޮނުވާފައިވަނީ ޕީޖީއިން އެދިފައިވާ ގޮތަށް ތަހުގީގީ މަރުހަލާ ކުރިޔަށް ގެންދިއުމަށް ކަމަށެވެ.

 އެ މައްސަލަ އަނބުރާ ފޮނުވާލުމަށްފަހު ޕީޖީން ބުނެފައިވަނީ، މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވާ ކަމަށެވެ.

އަފްރާޝީމްގެ މައްސަލާގައި މަރު ކޮމިޝަނުން ތައްޔާރު ކުރި ރިޕޯޓުގައި ބުނީ، ޑރ. ޝަހީމް އެ ކޮމިޝަނަށް ލިޔުމުން ފޮނުއްވާފައިވާ މައުލޫމާތުގައިވާ ގޮތުން އަފްރާޝީމް އޭނާއާ 2012، އޮކްޓޯބަރު އެއްވަނަ ދުވަހު ބައްދަލު ކުރެއްވުމަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގެންނެވީ އެއްވެސް ގޮތަކަށް އެދިވަޑައިގެން ނޫން ކަމަށެވެ.

 ނަމަވެސް، އެދުވަހު މެންދުރު 1:00 އަށް އިސްލާމިކް މިނިސްޓްރީއަށް ވަޑައިގަތުމަށް ޝަހީމް ދެންނެވި ކަމަށް ދެމީހުންގެ ދެމެދުގައި ބަދަލު ކުރައްވާފައިވާ މެސެޖުތަކުން އެނގޭ ކަމަށް ރިޕޯޓްގައިވެއެވެ. އަފްރާޝީމް އަލީ އަވަހާރަ ކޮށްލި ހާދިސާ ހިނގި ރޭ ޓީވީއެމުން ފޮނުވި ދީނީ ދަރުސް ޕްރޮގްރާމަށް ވަޑައިގަންނަވަން ޑރ. އަފްރާޝީމަށް އެންގެވީ ޑރ. ޝަހީމްކަމަށް މަރުކޮމިޝަނުގެ ރިޕޯޓުގައި ބުނެފައި ވާއިރު، ޑރ. އަފްރާޝީމަށް އެރޭ ޓީވީ ޕްރޮގްރާމަށް ވަޑައިގެންނެވޭނެ ކަމާއި، އެ ޕްރޮގްރާމަށް ވަޑައިގަތުމުގެ ޔަގީން ކަން ދީފައިވަނީ ކޮންފަރާތަކުން ކަން ނޭނގޭ ކަމަށް ޑރ. ޝަހީމް ވަނީ މަރު ކޮމިޝަނަށް މައުލޫމާތު ދެއްވާފައެވެ.

އެހެން ނަމަވެސް ކޮމިޝަނުން ހެކީގެ ގޮތުގައި ހޯދި އެ ދެ ބޭފުޅުންގެ ޓެކްސްޓް މެސެޖުގައިވާ ގޮތުން އަފްރާޝީމް މިނިސްޓްރީއަށް އެ ދުވަހު ވަޑައިގަތީ ޝަހީމް އެދިވަޑައިގަތުމަކަށެވެ. އެ މެސެޖްތަކަށް ބެލުމަށްފަހު ކޮމިޝަނުން ނިންމީ ޝަހީމް ދެއްވި މައުލޫމާތުތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: