ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ހަގީގަތުގައި ވެސް އަނިޔާވީ ހަމައެކަނި 7 ސިފައިންތަ؟

Image: google
ޝެއާރކޮށްލާ ކަހަލަދޯ؟

ކުވައިތުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާއަކާ ގުޅިގެން، ނޭޝަނަލް ގާޑްގެ ހަތް މެންބަރުންނަށް ލިބުނު އަނިޔާތަކުގެ ސަބަބުން މަރުވެފައިވާކަން ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ ހާމަވެފައެވެ.

މި ހާދިސާއާ ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއިން ކުރިން ހާމަކޮށްފައިވާ މައުލޫމާތުތަކާ މެދު މިހާރު ވަނީ ސުވާލު އުފެދިފައެވެ.

މި ހަމަލާގައި އެމެރިކާގެ އަސްކަރިއްޔާގެ 150 އަށް ވުރެ ގިނަ މެންބަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އަންދާޒާ ކުރެވެއެވެ. މި މީހުންނަށް ފަރުވާ ދިނުމަށްޓަކައި އެމެރިކާގެ ދެ ހޮސްޕިޓަލަކަށާއި ޖަރުމަނުވިލާތުގެ ލަންޑްސްޓުލްގައި ހުންނަ އަސްކަރީ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ޖަރުމަނަށް ގެންދިޔަ ސިފައިންނަށް ވަރަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ބައެއް މީހުންގެ ހަށިގަނޑުގެ ގުނަވަންތައް ވަކިކުރަން ޖެހިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. އެގޮތުން އެއް ސިފައިންގެ މީހެއްގެ ”ހުޅު ބުރިކޮށްލަން ޖެހިފައިވާ“ ކަމަށް ރިޕޯޓްތަކުން ހާމަވެއެވެ.

މި ހާދިސާ ހިނގިތާ ދެ ހަފްތާ ފަހުން އެމެރިކާގެ އަސްކަރިއްޔާއިން އިތުރު ބަޔަކު ޒަޚަމްވިކަން އިއުލާން ކުރުމުން، މައުލޫމާތު ހާމަކުރުމުގައި ލަސްތަކެއް އުޅޭކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ. މިހާ ގިނަ އަދަދެއްގެ ބަޔަކަށް އަނިޔާވެފައިވާއިރު، އެކަން ސިއްރުކުރަން މަސައްކަތް ކުރީ ކީއްވެގެންތޯ ގިނަ ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: