ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ހިލޭ އީ-ސިމް ޚިދުމަތް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

އެލް މޮބައިލްއިން އަލަށް ހުޅުވި އެޕަލް މޮނޯ ސްޓޯރާ ގުޅިގެން، އެޕަލް ވޮޗް ބޭނުންކުރާ ފަރާތްތަކަށް ހަ މަސް ދުވަހުގެ ހިލޭ އީ-ސިމް ޚިދުމަތް ލިބޭ ޚާއްސަ ޕްރޮމޯޝަނެއް އުރީދޫ މޯލްޑިވްސްއިން އިއުލާނުކޮށްފިއެވެ.

މި ޕްރޮމޯޝަންގެ ދަށުން، ކުރިއަށް އޮތް ދެ މަސް ދުވަހުގެ ތެރޭގައި އެލް މޮބައިލްގެ އެޕަލް މޮނޯ ސްޓޯރުން އުރީދޫގެ ޚިދުމަތްތަކާ ގުޅޭ އެޕަލް ވޮޗް މޮޑެލްތައް ގަންނަ ކަސްޓަމަރުންނަށް، އިތުރު އަގަކާ ނުލައި ހަ މަސް ދުވަހުގެ އުރީދޫ އީ-ސިމް ކަނެކްޓިވިޓީ ލިބޭނެއެވެ.

މި ޚިދުމަތުގެ ސަބަބުން އައިފޯނު ކައިރީގައި ނެތް ނަމަވެސް، އެޕަލް ވޮޗް މެދުވެރިކޮށް ފޯނު ކުރުމާއި، މެސެޖު ފޮނުވުމާއި، މިއުޒިކް އަޑުއެހުމާއި، ނޮޓިފިކޭޝަންތައް ލިބުމުގެ އިތުރުން އެޕްތައް ބޭނުންކުރެވޭނެއެވެ. މި ފަސޭހަ ކަނެކްޓިވިޓީގެ ސަބަބުން ކަސްޓަމަރުންގެ ދުވަހީ ދިރިއުޅުމުގެ ކަންކަމާއި، ކަސްރަތު ކުރުމާއި، ދަތުރުފަތުރު ކުރުމާއި، ބޭރުގެ ހަރަކާތްތަކުގައި ބައިވެރިވުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.

މިއީ ރާއްޖޭގެ ޑިޖިޓަލް އީޖާދުތަކަށް ލިބުނު މުހިންމު ކުރިއެރުމެކެވެ. ރާއްޖޭގައި އެޕަލްގެ ވޭރަބަލް ކަނެކްޓިވިޓީ ޚިދުމަތް ފޯރުކޮށްދޭ ހަމައެކަނި ނެޓްވޯކަކީ އުރީދޫ މޯލްޑިވްސްއެވެ. މިއާއެކު، ދުނިޔޭގެ އެންމެ ފަހުގެ ޓެކްނޮލޮޖީގެ ތަޖުރިބާތައް ރާއްޖޭގެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ. އަދި އުރީދޫ ގްރޫޕުގެ ތެރެއިން އެޕަލް ވޮޗްގެ މި ޒަމާނީ އީ-ސިމް ޚިދުމަތް ތައާރަފުކުރި ތިން ގައުމުގެ ތެރޭގައި އުރީދޫ މޯލްޑިވްސް ހިމެނެއެވެ.

ހަ މަސް ދުވަހުގެ މި ޕްރޮމޯޝަން މުއްދަތު ހަމަވުމަށްފަހު، މަހަކު 199 ރުފިޔާ ދައްކައިގެން ކަސްޓަމަރުންނަށް މި ޚިދުމަތް މެދުނުކެނޑި ބޭނުންކުރެވޭނެކަަމަށް އެކުންފުނިން ހަމަކުރެއެވެ. މި ޕްރޮމޯޝަން ހާއްސަކޮށްފައިވަނީ އެލް މޮބައިލްގެ އެލް ސްޓޫޑިއޯ ފިހާރަ (އެޕަލް މޮނޯ ސްޓޯރުން) ގަންނަ އެޕަލް ވޮޗްތަކަށެވެ.

މިއީ އެޕަލްގެ އެންމެ ފަހުގެ އުފެއްދުންތަކާއި އުރީދޫގެ ޒަމާނީ ކަނެކްޓިވިޓީ ޚިދުމަތް އެއްތަނަކުން ހޯދުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާ ކަމެކެވެ. އުރީދޫ މޯލްޑިވްސްއިން އަންނަނީ ޑިޖިޓަލް މޯލްޑިވްސްއެއް ބިނާކުރުމުގެ ވިޝަންގެ ދަށުން، ކަސްޓަމަރުންނަށް ކޮންމެ ވަގުތަކުވެސް އަދި ކޮންމެ ތަނަކުވެސް ގުޅިފައި ތިބުމަށް މަގުފަހިކޮށްދޭ އީޖާދީ ޓެކްނޮލޮޖީތަކާއި ޚިދުމަތްތައް ތައާރަފުކޮށް ރާއްޖޭގެ ޑިޖިޓަލް ބަދަލުތަކުގައި އިސް ދައުރެއް އަދާކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: