ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައު ޕާސްޕޯޓެއް ބޭނުންކޮށްގެން ދަތުރުކުރާ ބިދޭސީން ވިސާ ރެކޯޑުތައް އަދާހަމަކުރުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ވިސާއެއްގެ ދަށުން ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީންގެ ތެރެއިން އައު ޕާސްޕޯޓެއް ބޭނުންކޮށްގެން ދަތުރުކުރާ ފަރާތްތަކުން، އެ ފަރާތްތަކުގެ ވިސާ ރެކޯޑުތައް އަދާހަމަކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އަންގައިފިއެވެ.

މިކަމާ ގުޅޭގޮތުން އިމިގްރޭޝަނުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ރާއްޖޭގައި ދިރިއުޅުމުގެ ހުއްދަ ނުވަތަ ވިސާ އޮންނަ ބިދޭސީއަކު އެ މީހެއްގެ ޕާސްޕޯޓު އައުކުރުމަށްފަހު، އެ އައު ޕާސްޕޯޓުގައި ދަތުރުކުރަން ބޭނުންވާނަމަ، އިމިގްރޭޝަންގެ ރެކޯޑުތަކުގައިވާ ވިސާގެ މައުލޫމާތުތައް އައު ޕާސްޕޯޓަށް ބަދަލުކޮށް އަދާހަމަކުރަން ޖެހޭނެ ކަމަށެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، ބިދޭސީއަކަށް ދޫކޮށްފައިވާ ސައްހަ ވިސާގައި ބަޔާންކޮށްފައިވާ ޕާސްޕޯޓު ނަންބަރާއި ދަތުރުކުރުމަށް އެވަގުތު ބޭނުންކުރާ ޕާސްޕޯޓުގެ ނަންބަރު އެއްގޮތްވާން ޖެހޭނެއެވެ.

 ”މިގޮތަށް އަމަލުކުރުމަކީ ރާއްޖެއިން ބޭރަށް ދަތުރުކުރުމާއި ރާއްޖެއަށް އެތެރެވުމުގައި ދިމާވެދާނެ ދަތިތަކުން ސަލާމަތްވުމަށް އެޅޭ މުހިންމު ފިޔަވަޅެއް،“ އެ އިދާރާއިން ފާހަގަކޮށްފައިވެއެވެ.

މި ނިންމުމަކީ ރާއްޖޭގައި އުޅޭ ބިދޭސީންގެ ކަންކަން ހަރުދަނާ އުސޫލެއްގެ ދަށުން ބެލެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނިންމާފައިވާ ނިންމުމެކެވެ. ވިސާ ރެކޯޑުތައް އަދާހަމަކުރުމުގެ ހިދުމަތް މިހާރު އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް ”އިމިގާ“ މެދުވެރިކޮށް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

އެހެންކަމުން، ރާއްޖޭގައި މަސައްކަތްކުރާ އަދި ދިރިއުޅޭ ހުރިހާ ބިދޭސީންވެސް މި އުސޫލަށް ސަމާލުކަންދީ، ޕާސްޕޯޓު އައުކުރުމާއެކު ވީ އެންމެ އަވަހަކަށް ރެކޯޑުތައް އަދާހަމަކުރުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: