ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

1200 ފަތުރުވެރިންނާއެކު، ކްރޫޒް ލައިނާ ”އެމް.އެސް ވައިކިންގް ސްކައި“ ރާއްޖެ އަތުވެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ކޮޅުނބުން ފުރައިގެން ދަތުރުކުރި މަޝްހޫރު ކްރޫޒް ލައިނާ ”އެމް.އެސް ވައިކިންގް ސްކައި“ މިއަދު މާލެއަށް ބަނދަރުކޮށްފިއެވެ.

މި އުޅަނދު ރާއްޖެއަށް ކުރަމުންދާ ދަތުރުގައި، އުޅަނދުގައި ތިބި ފަސިންޖަރުންނާއި ފަޅުވެރިންނަށް ބޭނުންވާ އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން މޯލްޑިވްސް އިމިގްރޭޝަނުން ވަނީ ވަރަށް ފުރިހަމައަށް ފޯރުކޮށްދީފައެވެ.

މޯލްޑިވްސް އިމިގްރޭޝަނުން އެކްސްގައި ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، މި އުޅަނދުގައި ދަތުރުކުރި 734 ފަސިންޖަރުންނާއި 476 ފަޅުވެރިންނަށް، އެ އިދާރާގެ ސީޕޯޓް ޑިވިޜަންގެ އޮފިސަރުން ވަނީ ”އެން-ރޫޓް“ ނުވަތަ ދަތުރުމަތީގައި އިމިގްރޭޝަން ކްލިއަރެންސްގެ ހިދުމަތް ދީފައެވެ. މިއީ ރާއްޖެ އަންނަ ބޮޑެތި ކްރޫޒް ލައިނާތަކަށް ދެވޭ ހާއްސަ އަދި އަވަސް ހިދުމަތެކެވެ.

މިގޮތަށް ދަތުރުމަތީގައި ކްލިއަރެންސް ދިނުމުގެ މައިގަނޑު ބޭނުމަކީ، ފަތުރުވެރިން ރާއްޖެއަށް ބަނދަރުކުރުމާއެކު އެއްވެސް ލަސްކަމެއް ނެތްގޮތަށް ރާއްޖޭގެ ރީތިކަން ތަޖުރިބާކުރުމަށް ފުރުސަތު މަގުފަހިކޮށްދިނުމެވެ. މި ފަތުރުވެރިން މިއަދު މާލެއަށާއި މާލެ ކައިރި ސަރަހައްދުތަކަށް ޒިޔާރަތްކޮށް، ރާއްޖޭގެ ސަގާފަތާއި މާހައުލު ބަލާލުމަށް ވަގުތު ހޭދަކުރާނެ ކަމަށް ބެލެވެއެވެ.

”އެމް.އެސް ވައިކިންގް ސްކައި“ އަކީ ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކުރާ ލަގްޒަރީ އުޅަނދެކެވެ. ރާއްޖެއަށް އަންނަ ކްރޫޒް ލައިނާތަކުގެ އަދަދު ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު، މީގެ ސަބަބުން ރާއްޖެއަށް ޒިޔާރާތްކުރާ ފަތުރުވެރިނގެ އަދަދުވެސް ދަނީ އިތުރުވަމުންނެވެ.

ކްރޫޒް ޓޫރިޒަމް ފުޅާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގެ ތިން ސަރަހައްދެއްގައި ކްރޫޒް ލައިނާތަކަށް ހާއްސަ ޖެޓީތަކެއް ތަރައްގީ ކުރުމުގެ މަޝްރޫއެއް މިހާރު ދަނީ ކުރިއަށް ގެންދަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: