ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭރު ހާއްސަ މަޖިލީހުގެ މަގްސަދަކީ ރިޔާސީ އަދި މަޖިލިސް އިންތިހާބު ވީހާވެސް އަވަހަށް ބާއްވަން: ޝިހާބް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިހާބުތައް ބާއްވަން ވަކި ތާރީހަކާއި މެދު މާބޮޑު ބަހުހެއް ކުރެވިފައި ނެތް ނަމަވެސް ހާއްސަ މަޖިލީހުގެ މަގްސަދަކަށް ވެފައިއޮތީ ވިހާވެސް އަވަހަށް ރިޔާސީ އިންތިހާބު އަދި މަޖިލިސް އިންތިހާބު ބޭއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ޝިހާބު ވިދާޅުވެއްޖެއެވެ.

”ހޭލުން“ ނަމުގައި ބޭއްވި ޕްރޮގްރާމެއްގައި ޝިހާބު ވިދާޅުވީ އިންތިހާބުތައް އިރުއިރުކޮޅާ ބޭއްވުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށައި، އެންމެ ރަނގަޅު ގޮތަކީ އެއްދުވަހެއްގައި ހުރިހާ އިންތިހާބެއްވެސް އެއްދުވަހެއްގައި ބޭއްވުން ކަމަށެވެ. މިކަމަށް ވަރަށް ގިނަ ދިރާސާތައްވެސް ހެދިފައިވާ ކަމަށް ޝިހާބް ވިދާޅުވުއެވެ. އެހެންނަމަވެސް ބަލަންޖެހޭނީ ރާއްޖެއަށް އެންމެ ކަމުދާ ގޮތަކީ ކޮބައިކަން ކަމަށާއި އެގޮތުން، ޝިހާބް ވަނީ ތިން އިންތިހާބުވެސް އެކުގައި ބޭއްވުމަކީ ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަ ކުރައްވާފައެވެ.

ޝިހާބް ވިދާޅުވީ ހުރިހާ އިންތިހާބެއް އެއްދުވަހެއްގައި ބޭއްވިއްޖެނަމަ ވަރަށް ބޮޑެތި ފައިދާތަކެއް ގައުމަށް ލިބިގެންދާނެ ކަމަށެވެ. ހާއްސަ މަޖިލީހުގައި ކުރެވުނު މަޝްވަރާތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ޝިހާބް ވިދާޅުވީ އިންތިހާބުތައް ވަކި ދުވަހެއްގައި ބޭއްވުމަށް މާބޮޑު ބަހުސްތަކެއް ކުރިއަށް ގެންގޮސްފައި ނުވާ ކަމަށެވެ. އޭރު ގިނަ ބަޔެއްގެ ވިސްނުން ހުރީ، ގާނޫނުއަސާސީއަށް ބަދަލުތައް ގެނެސް ނިޒާމަށް ބަދަލުތަކެއް ގެންންނަ ކަމަށެވެ.

”މި ގާނޫނުއަސާސީއަށް ބަލާލާއިރު އިންތިހާބުތައް ވަކިދުވަހެއްގައި ބޭއްވުމާއި ނުބޭއްވުމާއި ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައެއް ނޯންނާނެ. އޭރު ފުރަަތަމައިނުން އަޅުގަނޑުމެންނަށް ކަންތައް ދިމާވި ގޮތަކީ އަޅުގަނޑުމެން ގާނޫނުއަސާސީ ބަދަލުކުރުމުން ނުވަތަ އިސްލާހު ކުރަމުން ދިޔައިރު އެންމެ ފުރަތަމަ އިސްލާހު ގެނެއި ދުވަސްކޮޅު ދިމާވީ ރިޔާސީ އިންތިހާބަށް. އެހެންވީމާ ރިޔާސީ އިންތިހާބަށްފަހު ވީހަވެސް އަވަހަށް މަޖިލިސް އިންތިހާބު ބާއްވަން“

އޭރު މަޖިލިސް މެމްބަރުން 5 އަހަރުގެ ދައުރަކަށް އިންތިހާބު ވެފައިވަނިކޮށް ދައުރު ކުޑަކޮށްލަން ޖެހުނު ކަމަށް ޝިހާބް ވިދާޅުވިއެވެ. އޭރުވެސް މަގްސަދު އޮތީ ވީހާވެސް އަވަހަކަށް ރިޔާސީ އިންތިހާބާއި އަދި މަޖިލިސް އިންތިހާބު ބޭއްވުން ކަމަށް ޝިހާބް ވިދާޅުވިއެވެ. ޝިހާބް ވިދާޅުވީ އޭރު އެހެން ވިސްނިފައި އޮތީ އިންތިގާލީ މަރުހަލާއެއްވެސް އޮތުމާއިއެކީގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: