ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުކްރެއިންގެ މަތިންދާބޯޓު ވެއްޓުނީ މިސައިލްގެ ހަމަލާއަކުން ކަމަށް އީރާނުން އެއްބަސްވެއްޖެ!

ބޯޓު ވެއްޓިފައި - ފޮޓޯ: މީސްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔުކްރެއިންގެ މަތިންދާބޯޓު ވެއްޓުނީ މިސައިލްގެ ހަމަލާއަކުން ކަމަށް އީރާނުން އެއްބަސްވެއްޖެ އެވެ.

މި ކަމަށް އީރާނުން އިއުތިރާފުވި ނަމަވެސް، އެ ގައުމުގެ ގައުމީ ޓީވީން އާންމުކުރި އީރާންގެ އަސްކަރިއްޔާގެ ބަޔާނެއްގައި ބުނީ އެއީ “އޮޅުމަކުން” ވީ ކަމެއް ކަމަށެވެ. އަދި ޒިންމާ އުފުލަން ޖެހޭ މީހުންނާ މެދު ފިޔަވަޅުއަޅުއްވާނެ ކަމަށެވެ.

އިއްޔެ އީރާނުން މިކަމަށް އެއްބަސްވި ނަމަވެސް، އިރާގުގައި އެމެރިކާގެ ސިފައިން ތިބޭ ވައިގެ ދެ މަރުކަޒަކަށް މިސައިލްގެ ހަމަލާތަކެއް އީރާނުން ފޮނުވާލިތާ އިރުކޮޅެއް ފަހުން، ތެހެރާން އެއާޕޯޓުން ނައްޓާލި ޔުކްރެއިން އެއާލައިންސްގެ ބޯޓު ވެއްޓުނީ ޓެކްނިކަލް މައްސަލައަކުން ކަމަށް ބުނެ އީރާނުން ފުރަތަމަ އޮޅުވާލިއެވެ. އެކަމަކު ފަހުން ވަނީ ބޯޓަށް މިސައިލެއް އަރާތަނުގެ ވީޑިއޯއެއް، ހުޅަނގުގެ މީޑިއާތަކުން އާންމުކޮށްފަ އެވެ. އެއާއެކު، އީރާނަށް މަޖުބޫރުވީ އެއްބަސްވެ ހަގީގަތް ހާމަކުރާށެވެ.

ބޯޓު ގޮއްވާލި މި ހާދިސާގައި 176 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ގިނައީ އީރާނާއި ޔުކްރެއިންގެ ރައްޔިތުންނެވެ.

މި މައްސަލަ ތަހުގީގުކުރުމަށް އީރާންގެ އަސްކަރީ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: